އިބްރަތްތެރި އަދި އެހާމެ ޝައުގުވެރި މަދަހަތަކެއް ގެނެސްދީފައިވާ އިސްލާމިކް ރިދަމްގެ އައު މަދަހަ މިއަދު ރިލީޒުކޮށްފި އެވެ.
ޓީވީ މޯލްޑިވްސްގެ “ހޭޔަންބޯ” ގައި މި މަދަހަ ރިލީޒް ކުރުމަށް ފަހު އިސްލާމިކް ރިދަމް އިން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
މި ފަހަރުގެ މަދަހައިގެ ނަމަކީ "އޮއްސުމުން" އެވެ.
"އޮއްސުމުން އިރު ހަނދުމަހެއްގައި, އޮއްސިކުލަ ރަތުރަން އަލީގައި" މިފަދަައިން ފެށިގެން އަންނަ މި މަދަހަ ކިޔާދީފައިވަނީ ހިތްގައިމު ރީތި މަދަހަތަކެއް ކިޔައިދީފައިވާ މޫސާ ޝިފާއު އެވެ. މަދަހައިގެ ޅެން ތައްޔާރުކޮށްފައިވަނީ މި ފަހުން ރީތި އެތައް މަދަހަތަކެއްގެ ޅެން ތައްޔާރުކޮށްދިން އަހްމަދު ރިފާއު އެވެ.
ކުރީގެ މަދަހަތަކެކޭ އެއްގޮތަށް މި ފަހަރުގެ މަދަހަވެސް ވަރަށް ރީއްޗެވެ. ހިތްގައިމެވެ. އިބްރަތުން ފުރިގެންވެ އެވެ.
މިއީ ގުދުރަތްތެރިކަމުގެ ރީތި މަންޒަރުތަކާއި ގުޅޭގޮތުން ޚިޔާލުކޮށް ފިކުރު ހިންގުމުން ހަޔާތަށް ގެނެވޭ ހެޔޮ ބަދަލުތަކެއްގެ ވާހަކަ ކިޔައިދޭ އިބްރަތްތެރި މަދަހައެކެވެ.
އޮއްސުމުން މަދަހަ
މިއީ ޒުވާނަކަށް ކީރިތި ޤުރުއާންގެ އާޔަތަކާމެދު ކުރެވޭ ފިކުރުން އުފަންކުރުވި ހިޔާލެކެވެ. އެ އާޔަތާމެދު ވިސްނާ ފިކުރުކުރުމުން ދީނަށް އޭނާގެ ހިތް ހުޅުވިގެންދެ އެވެ. މާތްﷲގެ އެއްކައުވަންތަ ކަމާމެދު ވިސްނާ ފިކުރުމުން ހަޔާތަށް ގެނެވޭ ހެޔޮ ބަދަލު ކިޔައިދެ އެވެ.
ޝިފާއު އާއި ރިފާއު ފާހަގަކުރި ގޮތުގައި މިއީ މުޖްތަމައުއަށް ހެޔޮ ނަސޭހަތާއި މުހިންމު މެސެޖުތަކެއް ދޭނެ މަދަހައަކަށް ވާނެ އެވެ.
ޚާއްސަކޮށް މި މަދަހައިން ބޭކާރު ކަންކަމުން ދުރުކޮށް މާތްﷲ ގެ މަތީން ހަނދުމަކޮށްދޭނެ އެވެ.
"ފިކުރު ހިންގުން ވަރަށް މުހިންމު. ހަނދާއި އިރާ ތަރިތަކާއި ގަސްގަހާ ގެއްސާއި މެއްސާއި ރެއްސާ މިހުރިހާ ވާހަކައެއް ވެސް މީގަ އަންނާނެ. އެހެންވީމަ ފިކުރުކުރާށޭ. އޭރުން މާތްﷲ މައުރިފާ ވާނެ," މި ފަހަރުގެ މަދަހައާ ގުޅޭގޮތުން ރިފާއު ބުންޏެވެ.
މި މަދަހައިގެ ވީޑިއޯ ތައްޔާރުކޮށްފައި ވަނީ އޯކޭޒް އިންކުންނެވެ. މަދަަހައިގެ މީޑިއާ ޕާޓްނަރަކީ ވޮއިސް އެެވެ.
އިސްލާމިކް ރިދަމްގެ އައު މަދަހަ "އޮއްސުމުން" ރިލީޒްކޮށްފި، ކިޔައިދެނީ ފިކުރު ކުރުމުގެ މުހިންމުކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ