ރަނގަޅުކުރަން އައި މީހުންގެ ހާލަތު އަދި މާބޮޑަށް ގޯސް: އަލީ

ރަނގަޅުކުރަން އައި މީހުންގެ ހާލަތު އަދި މާބޮޑަށް ގޯސް ކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު، އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.  އަލީ ހުސައިން އެކްސްގައި ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ގައުމުގެ ހާލަތު ރަނގަޅު ކުރަން ކަމަށާއި ނަމަވެސް މިހާރު ހާލަތު މާ ބޮޑަށް ގޯސް ކަމަށެވެ. އަދި މި ސަރުކާރު ބާއްވައިގެން ގައުމުގެ ހާލަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.އަލީގެ ޕޯސްޓުގައި ވަނީ، ޕީއެންސީން ކިތަންމެ ބޮޑު އެއްވުމެއް ބޭއްވިޔަސް ސަރުކާރުގެ އަގެއް ނެތް ކަމަށާއި ރައްޔިތުންގެ ހިތުގައި ރައީސަށް އިޙުތިރާމެއް ނެތް ކަމަށް ވެސް ވިދާޅުވެފަ އެވެ.އަލީ މިފަދައިން ވިދާޅުވިއިރު، ސަރުކާރަށް ދެ އަހަރު ފާހަގަ ކުރަން ރޭ ވަނީ މާލޭގައި ބޮޑު އެއްވުމެއް ބާއްވާފަ އެވެ. މި އެއް ވުމުގައި 13000 މީހުން ބައިވެރިވި ކަމަށް ރައީސް މުއިއްޒު ރޭ ވަނީ ވިދާޅުވެފަ އެވެ.އާޓިފިޝަލް ބީޗާއި، މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި އެ ސަރަހައްދު ރޭ އޮތީ އެއްވި މީހުންނާ އެކު ފުރި ތޮއްޖެހިފަ އެވެ.ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުން އާޓިފިޝަލް ބީޗު ސަރަހައްދަށް ވަޑައިގެންނެވިއިރު އެ ސަރަހައްދުގައި އެއްވެ ތިބި އެތައް ހާސް ބަޔަކު ރައީސް ސަލާމްކުރަމުން ގެންދިޔަ އެވެ. އެ ވަގުތު ރައީސްގެ ދެކަނބަލުންގެ އަރިހުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާއި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްވެސް ތިއްބެވި އެވެ.ރައީސް މުއިއްޒު ބީޗަށް ވަޑައިގެންނެވިއިރު އެތައް ހާސް ބަޔަކު ދިޔައީ މަގުމަތީގައި ގައުމީ ދިދައާ އެކު ތިބެ ރައީސްއަށް ތާއީދުކުރާ ކަމަށް ބުނެ އަޑުއުފުލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ