ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގެއެއްގެ ކަރަންޓު ބިލަށް ދައްކަން ޖެހޭނީ ގިނަވެގެން 400 ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެކަން ހާމަކުރެއްވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގަ އެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީގައި ފަށާ އެ އަހަރުގެ ރޯދަމަހު ކޮންމެ ޑޮމެސްޓިކް ބިލަކަށް ނަގާނީ ގިނަވެގެން 400 ރުފިޔާ ކަމަށާއި ވާކީ ބަޔަކީ ޑިސްކައުންޓްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ ރޯދަމަހު ވެސް ކަރަންޓް ބިލުން ސަރުކާރުން ޑިސްކައުންޓު ދީފައިވެ އެވެ.
ރަައީސް ވިދާޅުވީ، އެންމެ ފަހުގެ ރޯދަމަހެކޭ އެއްގޮތަށް ކުރިއަށް އޮތް ރޯދަމަހު ވެސް ކޮންމެ ގޭބީސީއަކަށް މަސްދަޅުކޭހެއް ލިބޭނެ ކަމަށެވެ. އެވެ.
ރޯދަމަހު ކަރަންޓު ބިލަށް ގިނަވެގެން އަރާނީ 400 ރުފިޔާ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ