ބީއެމްއެލްްއިން އައްޑޫގައި ޑޮލަރު އޭޓީއެމް އާއި ސާވިސް ސެންޓަރެއް ގާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫގައި ދެމުން އަންނަ ބޭންކިންގެ ހިދުމަތްތައް ފުޅާކޮށް ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދީފި އެވެ.
ތަފްސީލް - ހިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބީއެމްއެލް އިން މިއަދު ވަނީ:
ހިތަދޫ ބްރާންޗުގައި އާ ކަސްޓަމާ ސާވިސް ސެންޓަރެއް ހުޅުވާފައި 
މަރަދޫގައި ޑޮލަރު އޭޓީއެމްއެއް ވަނީ ގާއިމުކޮށްފައި 
ހުޅުދޫގައި އާ ބްރާންޗެއްގެ ބިންގާ ވެސް އެޅި
ބުނީ ކީކޭ؟ - "އަޅުގަނޑުމެންގެ ބޭންކިން ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ކަސްޓަމަރުންނާ އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރަން އަޅުގަނޑުމެން މުހިންމު އަހުމިއްޔަތުކަމެއް ދެން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
"އައްޑޫގައި ހިދުމަތް ފުޅާކުރުމަކީ ކަސްޓަމަރުން ބޭނުންވާ ފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް."
ގުޅުން ހުރި - އައްޑޫ ހިތަދޫ، ހުޅުމީދޫ އަދި މަރަދޫ ފޭދޫގައި ގާއިމުކޮށްފައިވާ ބީއެމްއެލްގެ ބްރާންޗުތައް މެދުވެރިކޮށް އެ ބޭންކުން މިހާރު ވެސް ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދެ އެވެ.
މީގެ އިތުރުން، 11 އޭޓީއެމްގެ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރަކާއި ހިތަދޫގައި ގާއިމުކޮށްފައިވާ ޑޮލަރު އޭޓީއެމްގެ ހިދުމަތް ވެސް ދެމުން އަންނައިރު، ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ވެސް އައްޑޫގައި ހިންގަ އެވެ.
ފާހަަގަކޮށްލެވޭ - މަރަދޫ ފޭދޫގައި ހިންގާ ބީއެމްއެލްގެ ބްރާންޗު ނުވަތަ ބީއެމްއެލް ގަމު ބްރާންޗަކީ ބޭންކުގެ ތާރީހުގައި ވަރަށް ހާއްސަ ބްރާންޗެކެވެ. ގަމު ބްރާންޗަކީ މީގެ 40އަށް ވުރެ ގިނަ އަހަރު ކުރިން، 1983 ވަނަ އަހަރު މާލޭން ބޭރުގައި ގާއިމުކުރި ބީއެމްއެލްގެ ފުރަތަމަ ބްރާންޗެވެ.
20 އަތޮޅުގައި 42 ބްރާންޗު
202 ސެލްފް-ސާވިސް ބޭންކިން ސެންޓަރު
261 އޭޓީއެމް 
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ