ބޮޑު ރެއިޑެއް؛ 81 ބިދޭސީއަކު އިމިގްރޭޝަން ބެލުުމުގެ ދަށަށް

އިމިގްރޭޝަނުން މިއަދު ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ ބޮޑު ރެއިޑެއްގައި 81 ބިދޭސީއަކު އެތަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ތަފްސީލް - ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް މިއަދު ހަވީރު ހިންގި ދެ ގަޑިއިރުގެ އޮޕަރޭޝަނާ ބެހޭގޮތުން އިމިގްރޭޝަނުން ބުނި ގޮތުގައި:
މާލޭގެ 25 ސަރަހައްދެއްގައި ރެއިޑް ކުރިއަށް ގެންދިޔަ
ޖުމުލަ 463 ތަނެއް ބަލައިފާސްކޮށްފައިވޭ
932 ބިދޭސީން ޗެކްކޮށްފައިވޭ
ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ 10 ތަނެއްގެ މައުލޫމާތު ކަމާ ގުޅުން ހުރި އިދާރާތަކާ ވަނީ ހިއްސާކޮށްފައި
160 އިމިގްރޭޝަން އޮފިސަރުންނާއި 66 ފުލުހުން އޮޕަރޭޝަންގައި ބައިވެރިވެފައިވޭ
ފާހަގަކޮށްލެވޭ - އިމިގްރޭޝަނުން މި ރެއިޑް މިއަދު ކުރިއަށް ގެންގޮސްފައި މި ވަނީ، ނުގަވައިދުން އުޅޭ ބިދޭސީންނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވިދާޅުވެފައިވަނިކޮށެވެ. ރައީސް ވިދާޅުވިގޮތުގައި:
މި ސަރުކާރުން ކުރި މަސައްކަތުން، މިހާތަނަށް 8،600 މީހުން ވަނީ ޑީޕޯޓުކޮށްފައި
އަދި ކުރިއަށް އޮތް ތަނުގައި އިތުރު މައުލޫމާތު ހޯދައިގެން ގިނަ އަދަދެއްގެ މީހުން ޑީޕޯޓު ކުރާނެ
އިމިގްރޭޝަނުން އިއްޔެ ވެސް ރެއިޑެއް ކުރިއަށް ގެންގޮސް 24 ބިދޭސީއަކު އެތަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ