އުރީދޫ ވެސް ސޮރީ: ދުނިޔޭގެ މަގުބޫލު "އެޕޮލޮޖީ ޓްރެންޑް"ގައި އުރީދޫއިން ބައިވެރިވެއްޖެ

ދުނިޔޭގެ ގިނަ ބްރޭންޑްތަކުން ބައިވެރިވާ "އެޕޮލޮޖީ ޓްރެންޑް"ގައި އުރީދޫ މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ. މިހާރު ސޯޝަލް މީޑިއާގައި ގިނަ ކުންފުނިތަކަކުން މައާފަށް އެދުމުގެ ސްޓައިލް ނަކަލުކުރާ މި ޓްރެންޑަކީ ކަސްޓަމަރުންނާއި އެންގޭޖް ކުރުމަށް ބޭނުންކުރާ ޓްރެންޑެކެވެ. މި އަހަރުގެ ފަން ރަން ކިޓުތައް އުންމީދު ކުރި ވަރަށް ވުރެ ހަލުވި ސްޕީޑެއްގައި ވިކި ހުސްވުމާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ވަނީ މި ފޯމެޓު ބޭނުންކޮށް، މައާފަށް އެދިފައެވެ. އުރީދޫއިން ކުރި ޕޯސްޓެއްގައި ބުނީ ރަޖިސްޓްރޭޝަން ނިމުމުގެ ކުރިން ކިޓް ނުލިބުމުގެ ސަބަބުން ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އެހެންނަމަވެސް އެއީ 'ސޮރީ ނޮޓް ސޮރީ' ޓްރެންޑުގައި ބައިވެރިވުމަށް އެ ކުންފުނިން ކޮށްފައިވާ ޕޯސްޓެކެވެ. މި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަން ރަން އަށް ލޯބިކުރާ މީހުންގެ މެދުގައި ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. https://x.com/OoredooMaldives/status/1992881158858899967 އެކަމަކު، އާންމުންގެ ޑިމާންޑަށް ބަލައި، މިއަދު މެންދުރު 14:00 ގައި އޮންލައިންކޮށް ފްލޭޝް ސޭލްއެއް ކުރިއަށްގެންދިޔަ ކަމަށް އުރީދޫއިން ބުންޏެވެ. މި ފްލޭޝް ސޭލްގެ ސަބަބުން ކަސްޓަމަރުންނަށް އުރީދޫ ފަން ރަން ކިޓް ހޯދުމުގެ އިތުރު ފުރުސަތެއް ލިބިގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ. އުރީދޫ ފަން ރަންއަކީ ރާއްޖޭގައި ބާއްވާ "5 ކޭ" ދުވުމަށް އާއިލާއާއި ރަހުމަތްތެރިން އެއްތަނަކަށް އެއްވެ، ބާއްވާ ފޯމް ޕާޓީތަކާއި، ކަލާ ތްރޯތަކާއި، އިންފްލޭޓަބަލްސް އަދި ފެސްޓިވަލް ހަރަކާތްތައް ހިމެނޭ ހަރަކާތެކެވެ. "އޮފިޝަލް އެޕޮލޮޖީ ސްޓޭޓްމަންޓް" ޓްރެންޑުގައި އުރީދޫ މޯލްޑިވްސް ބައިވެރިވުމަކީ ކްރިއޭޓިވް ޑިޖިޓަލް އެންގޭޖްމަންޓާއި މުޖުތަމައާ ގުޅުވާލައި، މަޖާކޮށް ކަސްޓަމަރުންނާއި މުއާމަލާތް ކުރުމަށް އެކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ