ލަންކާއިން ކަރަންޓުގެ އަގު ބޮޑުކޮށްފި ބޮޑުވަޒީރު ފިޔަވައި ލަންކާގެ ކެބިނެޓް އެންމެން އިސްތިޢުފާ ދީފި ޕީސީއާރު ޓެސްޓާ ނުލައި ލަންކާ އަށް ދަތުރުކުރެވޭ ގޮތް ހަދައިފި ލަންކާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި މަގުބޫލު ލިޔުންތައް އައްޑޫގައި

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، މަގުމަތީގައި ތާށިވި ބަހެއްގައި ތިބި ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ސަލާމަތް ނުކުރެވި ތިބި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ބަހުގައި 70 މީހުން ތިއްބެވެ.
މި ހާދިސާ ހިނގީ އަނޫރާދަޕޫރާ އާއި ޕުޓަލަމް އާ ދެމެދު އޮންނަ މަގުގައެވެ. ކަލަވޭވާ ބްރިޖު މަތިން ބަސް ދަތުރުކުރަމުން ދަނިކޮށް ފެންގަނޑު ބޮޑުވެ ބަސް ތާށިވީއެވެ. ފެންގަނޑު ބޮޑުވެ މީހުންގެ ކޮނޑާ ހަމައަށް ފެން އަރާފައިވާ ކަމަށް ވެއެވެ. ނޭވީގެ ޓީމަކުން އެ ސަރަހައްދަށް ގޮސް ހަ މީހަކު ސަލާމަތްކުރި ނަމަވެސް ގިނަ ބަޔަކު ތިބީ ނުރައްކަލުގެ ތެރޭގައެވެ. ބަސް އޮޔާ ދިޔުމުގެ ސަބަބުން އެ މީހުން ވަނީ ކައިރީގައި ހުރި ގެއެއްގެ ފުރާޅު މައްޗަށް އަރައި ރައްކާތެރިކަން ހޯދާފައެވެ.
ބަހުން ދަތުރުކުރި މީހަކު ލަންކާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ އެހީ ހޯދުމަށް ގުޅާތާ ދޮޅު ގަޑިއިރު ވެގެން ދިޔައިރު ވެސް އެއްވެސް ބަޔަކު އެހީވާން ނާންނަ ކަމަށެވެ. މިކަމާ ގުޅިގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަޖިތު ޕީ ޕެރޭރާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ބަސް ތާށިވެފައި އޮންނަތާ ގިނަ އިރުތަކެއް ވެފައިވާ ކަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ