މަނާ ބޭހާއި ޑުރަގާ އެކު ހައްޔަރުކުރި 3 މީހުން އިތުރު 30 ދުވަހަށް ބަންދުކޮށްފި
މިދިޔަ މަހު 23 ގައި ގިނަ އަދަދެއްގެ މަނާ ބޭސްތަކަކާ އެއްކޮށް ހުޅުމާލެއިން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް އިތުރު 30 ދުވަސް އިއްޔެ ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. އެ މީހުން ހައްޔަރުކުރީ، ގިނަ އަދަދެއްގެ މަސްްތުވާތަކެއްޗާއި 4،500 އަށްވުރެ ގިނަ ރުފިޔާއާ އެއްކޮށެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ، ބަންގްލަދޭޝަށް ނިސްބަތްވާ 50 އަހަރުގެ މީހަކާއި ހަމަ އެ ގައުމުގެ 40 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި އަންހެނެކެވެ. އެ މީހުން ހައްޔަރުކޮށް، ފުރަތަމަ ފަހަރަށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ތިން ފިރިހެނުންގެ ބަންދަށް 15 ދުވަސް ޖެހިއެވެ. އަދި، އަންހެން މީހާގެ ބަންދަށް ޖެހީ 10 ދުވަހެވެ. އަންހެން މީހާ މިހާރު ވަނީ ދޫކޮށްލާފައެވެ. އަންހެން މީހާ ދޫކޮށްލީ ފެނުނު ތަކެއްޗާ އޭނާއާ ގުޅުމެއް ނެތުމުންނެވެ. އަދި، އޭނާއާ ދެކޮޅަށް ހުރި ހެކި ބަލިކަށިވުމުންނެވެ. https://sun.mv/211789 އެކަމަކު، މައްސަލައިގައި ހިމެނޭ ތިން ފިރިހެނުންގެ ބަންދު މުއްދަތު ހަމަވެގެން އިއްޔެ ދެވަނަ ފަހަރަށް ކޯޓަށް ގެންދިޔުމުން ވަނީ، އެ ތިން މީހުން ވެސް އިތުރު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި، 50 އަހަރުގެ ބަންގްލަދޭޝް މީހާ ދިރިއުޅޭ ކޮޓަރި ތެރެއިން ވަނީ ގިނަ އަދަދެއްގެ މަނާ ބޭސްތަކެއް ފެނިފައެވެ. އޭނާގެ ކުޑަކަމުދާ ތަކެތި އެމްފިޓަމިންއަށް ޕޮޒިޓިވްފައިވާއިރު، އެ މީހާ ވަނީ "ދައްކާނެ ވާހަކައެއް ނެތް" ކަމަށް ބުނެފައެވެ. މައްސަލައިގައި ހިމެނޭ 40 އަހަރުގެ ބަންގްލަދޭޝް މިހާ އެމްފިޓަމިންއަށް ޕޮޒިޓިވްވެފައިވާކަން ކޯޓު އަމުރުން އެނގެއެވެ. އޭނާ ހުރި ކޮޓަރިން ވެސް ގިނަ އަދަދެއްގެ މަނާ ބޭސްތަކެއް ވަނީ ފެނިފައެވެ. އޭނާއަކީ އެ ތަނުގައި ދިރިއުޅޭ މީހެއް ނޫން ކަމަށާއި އެ ތަނަށް ދިޔައީ ކޮޓަރިއެއް ކުއްޔަށް ނަގަން ކަމަށް ބުނެފައިވާ ކަމަށް އަމުރުގައިވެއެވެ. https://sun.mv/212257 މީގެ އިތުރުން، ކޮޓަރިއެއް ކުއްޔަށް ހިފައިގެން މަަޑުކޮށްފައިނުވާނެ ކަމަށާއި ގެ ބަދަލުވާން މަސައްކަތްކުރާކަން އެނގޭ ލިޔުމެއް ސްޕޮންސާގެ ފަރާތުން ފޮނުވާފައިވާނެކަން އެ ބިދޭސީ މިހާ ފާހަގަކޮށްފައިވެއެވެ. އެކަމަކު، މައްސަލައިގައި ފުލުހުން ހުށަހަޅާފައިވާ ހެކިވެރިއެއްގެ ބަޔާނާ ހަވާލާދީ އަމުރުގައި ވަނީ، އެ ތަނުން ކޮޓަރިއެއް ކުއްޔަށް ހިފާފައިވާކަން ފުލުހުން ފާހަގަކުރާ ކަމަށެވެ. މި މައްސަލައިގައި ހިމެނޭ 26 އަހަރުގެ ދިވެހި މިހާ ދިރިއުޅޭ އެޕާޓުމަންޓުން މަސްތުވާތަކެތި ހުރި ދަޅެއް ވަނި ފެނިފައެވެ. އެއީ، އޭނާގެ އެއްޗެއް ނޫން ކަމށާއި އޭގައި ހުންނާނީ 12 ގުރާމު ވަރު ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ. އޭނާއަކީ ބަންދު ލޮގު އޮތް މީހެއް ކަމަށްވާއިރު، އެ ގޭގެ އިތުރު ތަންތަނުން ވެސް މަސްތުވާތަކެތި ފެނުނުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ