ކްލިކް ކޮލެޖަށް 25 އަހަރު ފުރުން ފާހަގަކުރަން ހާއްސަ ގިވްއަވޭއެއް ކްލިކް ކޮލެޖަށް 25 އަހަރު ފުރުން ފާހަގަކުރަން ހާއްސަ ގިވްއަވޭއެއް

ކްލިކް ކޮލެޖަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ގިވްއަވޭއެއް ފަށައިފި އެވެ.
އެ ކޮލެޖަށް 25 އަހަރު ފުރޭނީ އޮކްޓޯބަރު 23، ގަ އެވެ. އެ މުނާސަބަތާ ގުޅުވައި ތަފާތު އެކި ވިޔަފާރިތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިވްއަވޭތަކެއް ކުރިއަށްގެންދާނެ އެވެ.
އެގޮތުން، މިދިޔަ އޮގަސްޓު މަހާއި ސެޕްޓެމްބަރު މަހު ގިވްއަވޭއިން އަށް މީހަކަށް ވަނީ ހަދިޔާ ލިބިފަ އެވެ.
ގްރޭންޑް ގިވްއަވޭގައި ކްލިކުން ޕާޓްނާވީ ކޮންސިއެޖު ގްރޫޕާއި އެލް މޯބައިލްއާ އެވެ. މި ގިވްއަވޭއިން މޮޅުވާ މީހުންނަށް މެލޭޝިއަށް ދަތުރު ކުރުމަށް ދެ މީހުންނަށް ދެކޮޅު ޓިކެޓާއި ހައިކާސް ބްރޭންޑުގެ 65 އިންޗުގެ ޓީވީއެއް ލިބޭނެ އެވެ.
މި ގިވްއަވޭގައި ބައިވެރިވެވޭނެ ގޮތް ކްލިކްގެ ސޯޝަލް މީޑިއާތަކުގައި ވަނީ ހިއްސާކޮށްފަ އެވެ. މޮޅުވާ މީހަކު ހޮވާނީ އޮކްޓޯބަރު 23، ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ