ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ހިދުމަތް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކުރުން ފާހަގަކުރުމުގެ ގޮތުން އެ ކުންފުނިން ހާއްސަ ހަފްލާއެއް ރޭ ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ރާއްޖޭގެ މުވާސަލާތީ ކުންފުންޏަކުން މިފަދަ ކަމެއް ހާސިލްކުރި ފުރަތަމަ ފަހަރެވެ.
ނަސަންދުރާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި:
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން
ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް
ސަރުކާރުގެ އިސްވެރިންނާއި ސިޓީ ކައުންސިލްގެ މެންބަރުންނާއި އެހެނިހެން ހާއްސަ ބޭފުޅުން
ދިރާގުގެ ޑިރެކްޓަރުންގެ ބޯޑާއި އެ ކުންފުނީގެ އިސްވެރިން އަދި މުވައްޒަފުން
ތަފްްސީލް - މި ކާމިޔާބީއާ އެކު ދިރާގުން މިހާރު ވަނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި މުވާސަލާތީ ޑޭޓާ ނެޓްވޯކް ގާއިމްކޮށްފަ އެވެ. މިއީ، ބޮޑެތި އަދި ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއިން ވެސް ވަރަށް މަދު ގައުމަކަށް ހާސިލުކުރެވިފައިވާ ކަމެކެވެ.
މީގެ ސަބަބުން މުޅި ރާއްޖޭގައި ޑިޖިޓަލް ގޮތުން އިތުރަށް ބާރުވެރި މުޖުތަމައުތަކެއް ބިނާވެ، އެ ފަރާތްތައް ޑިޖިޓަލް މުސްތަގުބަލުގައި ކުރިއެރުމުގެ ފުރުސަތުތައް ފުޅާވެގެންދާނެ އެވެ.
މިއީ، ދިރާގުން ބުނި ގޮތުގައި، ރާއްޖެ 'ސްމާޓް ނޭޝަން'އެއްގެ ގޮތުގައި ގާއިމުކުރުމާއި މުޅި ރާއްޖޭގައި އިންޓަނެޓް ހިދުމަތުގެ ފެންވަރު މަތިކޮށް، އަގު ހެޔޮކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ވަރަށް ބޮޑު ކުރިއެރުމެއް ވެސްމެ އެވެ.
ބުނީ ކީކޭ؟ - ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ދިވެހިރާއްޖޭގެ ގުޅުން ހަގީގަތުގައި ގާއިމްކޮށްފައިވާ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏަކީ ދިރާގު ކަމަށެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދީ ނިންމައި މި ފަހުރު ރާއްޖެއަށް ހޯދައިދިން ކުންފުންޏަކީ ވެސް ދިރާގުކަން އޭނާ ފާހަގަކުރެއްވި އެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ދިރާގު ހައިސްޕީޑް ބްރޯޑްބޭންޑް ހިދުމަތް ދީ ނިންމާފައި ވަނީ އެ ކަމަށް ދުރާލާ ޕްލޭންކޮށް، ގިނަ އިންވެސްޓްމެންޓްތަކަކާ އެކު ގިނަ މަޝްރޫއުތަކެއް ހިންގައިގެންނެވެ.
އޭގެ ތެރޭގައި އޭނާ ފާހަގަކުރެއްވީ:
ބޭރު ގައުމުތަކާއި ރާއްޖެ އާއި ދެމެދުވާ ގުޅުން ވަރުގަދަކުރުމަށް ހިންގި ސަބްމެރިން ކޭބަލް ޕްރޮޖެކްތައް
ރާއްޖޭގެ އެއް ކޮޅުން އަނެއް ކޮޅަށް ދިރާގުން އަޅާފައިވާ ސަބްމެރިން ކޭބަލް ޕްރޮޖެކްޓްތައް
މައި ނެޓްވޯކްގެ ކެޕޭސިޓީ އާއި ފެންވަރު ރަގަޅުކުރުމަށް ހިންގި ޕްރޮޖެކްޓްތައް
މީހުން އުޅޭ ރަށްތަކުގައި ފައިބަ ނެޓްވޯކް އެޅުމަށް ފޭސްތަކަކަށް ބަހާލައިގެން ހިންގި ޕްރޮޖެކްޓްތައް
"އަޅުގަނޑުމެންގެ މި ތަސައްވަރު ހަގީގަތަކަށް ހެދުމަށް ދިރާގުގެ މުވައްޒަފުން، ޕާޓްނަރުން އަދި ސްޓޭކްހޯލްޑަރުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުދަންނަވަން،" އިސްމާއިލް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.
ވޭތުވެދިޔަ 37 އަހަރު ތެރޭގައި ދިރާގުން އަންނަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި އެ ފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ހައްލުތަކެއް ފޯރުކޮށްދެމުންނެވެ.
ދިރާގުގެ ފައިބާ ބްރޯޑްބޭންޑް އިންޓަނެޓް ރާއްޖޭގެ ހުރިހާ ރަށަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ