މާލެ ސަރަހައްދުން ފްލެޓު ދޫކުރަން މި ސަރުކާރުން އިއުލާނު ކުރި ސްކީމުން ޓެކްސީ ޑްރައިވަރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުން އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މާލޭގައި އާއިލާ ބިނާކޮށްފައިވާ މީހުންނަށް އިސްކަން ދޭން ކަނޑައަޅައި އުސޫލު ރޭ ގެޒެޓުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމް އިފްތިތާހުކޮށް، މާލެ ސަރަހައްދާއި ރަސްމާލެއިން ގޯއްޗާއި ފްލެޓު ދޫކުރާ ސްކީމްތައް ރޭ ވަނީ އިއުލާނުކޮށްފަ އެވެ.
ތަފްސީލް - ހަައުސިން މިނިސްޓްރީން ރޭ ގެޒެޓުކުރި 'މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލު'ގައި ބުނެފައިވާ ގޮތުން އެ ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ:
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކުގެ ތެރެއިން ޝަރުތު ހަމަވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފުރިހަމަ އޮނިގަނޑެއް ގާއިމް ކުރުން
ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ހާމަކަން ބޮޑު ގޮތެއްގައި ބޯހިޔާވަހިކަން އެންމެ ހައްގުވާ މީހުންނަށް ދެވޭކަން ޔަގީންކުރުން
ލުއި ފަސޭހަ އުސޫލެއްގެ ތެރެއިން ގެދޮރު މިލްކުކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުން
އާމްދަނީގެ އެކި ފަންތިތަކުގައި ތިބި ފަރާތްތަކުގެ ބޯހިޔާވަހިކަމުގެ ބޭނުންތަކަށް ބަލައި އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުން
މާލެ ސަރަހައްދުން ބޯހިޔާވަހިކަން ދޫކުރާ އެ އުސޫލުގެ ދަށުން އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް އަދި ރެންޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ދޭނެ އެވެ.
މި ސްކީމުގެ ދަށުން ބޯހިޔާވަހިކަން ދޭނެ މީހުންގެ ހުންނަން ޖެހޭ އަސާސީ ޝަތުރުތައް:
ދިވެހި ރައްޔިތެއް ކަމުގައި ވުން
އުމުުރުން 18 އަހަރު ފުރިފައިވުން
މާލޭ ރައްވެއްސަކަށްވުން ނުވަތަ މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރައްވެއްސެއް ނަމަ، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވުން
ބޯހިޔާވަހިކަން އެންމެންނަށް ސްކީމުގެ ދަށުން ބޯހިޔާވަހިކަން ދިނުުމުގައި އިސްކަން ދޭނެ ފަރާތްތަައް ވެސް އުސޫލުގައިވެ އެވެ. އެއީ:
18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިން
އަލަތު ކައިވެނި ކުރާ ފަރާތްތައް/ޒުވާން އާއިލާތައް
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް
މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތައް
ވެށިފަހި އަދި ހިޔާ މަޝްރޫއުން ފްލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓު ނުލިބޭ މީހުން
ދިރިއުޅޭނެ ބޯހިޔާވަހިމަމެއް ނެތި މާލޭގައި އުޅޭ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމެންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތައް
ހައުސިން މިނިސްޓްރީން އަންގާ އިއުލާނުކުރާ އިދާރާތަކާއި ދައުލަތުގެ މުވައްޒަފުން
އުސޫލު ބުނާ ގޮތުން، ކައިވެނިކޮށްގެން އުޅޭ ނަމަ އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ފިިރިމީހާ އާއި އަނބިމީހާ އެކުގައި ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގަ އެވެ. މި އެޕްލިކޭޝަން ހުށަހަޅާއިރު ދެ މީހުންގެ ޝަތުރު ވެސް ހަމަވާން ޖެހޭނެ ކަމަށް އުސޫލު ބުނެ އެވެ.
ގުޅުން ހުރި - މާ ގިނަ ދުވަހެއް ނުވެ މާލެ ސަރަހައްދުގައި 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށް ޖުމްހޫރީ ދުވަހު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ފްލެޓު ދޭއިރު ޓެކްސީ ޑްރައިވަރުންނާއި މަސްވެރިންނަށް އިސްކަންދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ