ސަރުކާރަށް ދެ އަހަރު: "އިގްތިޞާދު ދަނީ ރަނގަޅު މިސްރާބަކަށް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ"

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މީގެ ދެ އަހަރުކުރިން ވެރިކަމާ ހަވާލުވުމަށްފަހު، އެމަނިކުފާނުގެ މާލިމީކަމުގައި ރާއްޖޭގެ އިގްތިޞާދު ރަނގަޅު ދިމާލަކަށް ދަތުރުކުރަމުން އަންނަ ކަމަށާއި، އިންވެސްޓަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވެއްޖެ ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ވަޒީރުން ރައީސަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފިއެވެ. މީގެ ދެ އަހަރުކުރިން ނޮވެމްބަރު 17، 2023ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަގާމުގެ ހުވާ ކުރައްވައިފައެވެ. މިއަދު ކުރެއްވި ޕޯސްޓުތަކެއްގެ ތެރެއިން 'އެކްސް'ގައި މި ސަރުކާރުގެ އިގްތިސޯދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ލިޔުއްވިގޮތުގައި، ސަރުކާރަށް ދެ އަހަރު ފުރުނުއިރު ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ދިވެހިރާއްޖެ، އަސާސްތަކެއްގައި ހިފަހައްޓަމުން އަންނަ ޑިމޮކްރަސީއަކާ ދިމާލަށް މިސްރާބު ޖެހުމެވެ. "ސިޔާސީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ އެގޮތުގައި ހިފެހެއްޓުމާއި، ގައުމީ ތަރައްގީގެ ދުވެލި އަވަސްކުރުމާއި، ސަލާމަތީ ކަންކަން ވަރުގަދަކުރުން؛ މިއީ ވަރުގަދަ ދިމިގުރާތީ ދައުލަތެއް ބިނާވެގެންވާ މައި ތިން ތަނބު، މި ތިން ތަނބު ވަރުގަދަކުރުމަށް މަނިކުފާނު ވަނީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިފައި،" ރައީސަށް ތައުރީފްކުރައްވައި، ސައީދު ލިޔުއްވާފައިވެއެވެ. https://x.com/em_saeed/status/1990311038789861826 މި ސަރުކާރުގައި ރައީސްގެ މާލިމީކަމުގެ ދަށުން ވަރުގަދަ ރާއްޖެއެއް ފެނިގެން ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ލިޔުއްވާފައިވެއެވެ. މީގެ އިތުރުން މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ލިޔުއްވީ "އަޑި ނޭންގޭ މާކަނޑުގެ ބިޔަރާޅުތަކުގެ ތެރެގައި ބެހިގެން ގެނބިގެން ދަނިކޮށް ޤައުމުގެ ހުންގާނާ ހަވާލުވެވަޑައިގެން ސަލާމަތުގެ އައްސޭރިއަަށް ހޭރިއާކުރެއްވުމުގައި ރައީސް މުއިއްޒު ނިންމެވި މުހިއްމު ނިންމެވުންތަކަކީ އުނދަގޫފުޅު އެހެނަސް ޔަޤީންކަމާއެކު މި 'ދިވެހީންގެރާއްޖެ' ސަލާމަތުގެ އައްސޭރިއަށް ބަނދަރުކުރާނެ ނިންމެވުންތަކެއް ކަމަށް ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން މިއަދު ޔަޤީންކުރައްވާ." ކަމަށެވެ. https://x.com/Shiyamaldives/status/1990244459225980983 ނިމިގެން މި ދިޔައީ "ވަރަށް ކާމިޔާބު" ދެ އަހަރުގެ ގޮތުގައި ސިފަކުރައްވައި، ސިޓީތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ލިޔުއްވިގޮތުގައި، މިއީ ރައީސްގެ މާލިމީކަމުގެ ދަށުން އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެވެ. https://x.com/Adamshareefz/status/1990317595481010410?s=20 މިއަދު މި ސަރުކާރަށް ދެ އަހަރު ފުރޭތީ، ރައްޔިތުންގެ މަޖިލީހުގެ މިިއަދުގެ ޖަލްސާ ފަށްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، މިއަދަކީ "ދިވެހީންގެ ރާއްޖެ"އަކަށް އަލިވިލުނުތާ ދެ އަހަރު ފުރޭ އުފާވެރި ދުވަސް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ