ތިނަދޫ ސިޓީގައި ކުރިއަށްދާ ހިޔަލަ ހޭންޑްބޯޅަ މުބާރާތުގައި ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގެ އެއް ވަނަ ހޯދި ކްލަބް ވެމްކޯ އިން ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވިއިރު، ފިޓް ފެމިނިން އަތުން އަބްދުއްސަމަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ރެކްރިއޭޝަން ކްލަބް (އޭއެމްއެސްއެޗް) އިން ބޮޑު މޮޅެއް ހޯދައިފި އެވެ.
ފިރިހެން ޑިވިޝަނުގައި ތިން ޓީމު ވާދަކުރާއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ބައްދަލުކުރާނެ އެވެ. ފިރިހެން ޑިވިޝަނުގެ ދެ ވަަނަ ބުރުގައި، ވެމްކޯ އިން ރޭ ކުޅުނު މެޗުން ފަޔާ ސްޓޯމް އަތުން 24-27 އިން މޮޅުވެފަ އެވެ. ފުރަތަމަ ބުރުގައި، ވެމްކޯ މޮޅުވީ 29-25 އިންނެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކީ، ވެމްކޯގެ އިބްރާހިމް ލުތުފީ އެވެ.
ޖުމްލަ އެކު، ފަސް ޓީމު ވާދަކުރާ އަންހެން ޑިވިޝަނުގައި ރޭ ކުޅެފައިވަނީ، އޭއެމްއެސްއެޗް އިން ރޭ ފިޓް ފެމިނިން ބަލިކުރީ، 34-29 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ، އޭއެމްއެސްއެޗްގެ އައިިމިނަތު ޒައިނާ ރިޔާޒު އެވެ. އޭއެމްއެސްއެޗް ކުޅުނު ފުރަތަމަ މެޗުން ސިޓީ ސްޓާސް އަތުން ބަލިވިޔަސް، މި މެޗުން ލިބުނު މޮޅާ އެކު ވަނީ އުންމީދުއާ ކޮށްފަ އެވެ.
ހިޔަލަ ހޭންޑްބޯޅަ މުބާރާތުގައި މިރޭ ކުޅޭނީ އަންހެން ޑިިވިޝަނުގެ ދެ މެޗެވެ. ސިޓީ ސްޓާސް އިން ވެމްކޯއާ ކުޅޭއިރު، އޭއެސްއެމްއެޗުން ނުކުންނާނީ ކްލަބް ދަނޑެކޯޑިއަންސްއާ ދެކޮޅަށެވެ.
ހިޔަލަ ހޭންޑްބޯޅަ މުބާރާތް: ވެމްކޯ ފޯމުގައި ކުރިއަށް، އޭއެސްއެމްއެޗަށް ބޮޑު މޮޅެއް ހިޔަލަ ހޭންޑްބޯޅަ މުބާރާތް: ވެމްކޯ ފޯމުގައި ކުރިއަށް، އޭއެސްއެމްއެޗަށް ބޮޑު މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ