މާލެ ސަރަހައްދުން 7500 ހައުސިން ޔުނިޓާ 15000 ގޯތި ދޫކުރުމުގެ އުސޫލު އާންމުކޮށްފި ފާއިތުވެ ދިޔަ ދެ އަހަރަކީ ސަރުކާރަށް ކާމިޔާބު ދެ އަހަރު: އާދަމް ޝަރީފް ހަފުތާ 104: ޑްރަގްސްގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތް ކުރެވުނު 2 އަހަރު ހިޔާ ފްލެޓް ފިނިޝި

ފުވައްމުލައް ސިޓީއަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރަން ފެނަކަ ކޯޕަރޭޝަނާ ދެކޮޅަށް ދައުވާކުރަން އެރަށު ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ފުވައްމުލުގެ ފެނާ ގުޅޭގޮތުން ހެދި ޓެސްޓުތަކުން، ފެނުގައި ޖަރާސީމުގެ އަސަރު ހުރި ކަމަށް ދައްކާތީ މިދިޔަ ހޯމަ ދުވަހު އެ ރަށުން އެއްކޮށް ފެނުގެ ހިދުމަތް ވަނީ ކަނޑާލާފައެވެ. އަދި ފެނުގެ ރައްކާތެރިކަން ކަށަވަރުނުކޮށް މިދިޔަ ބުރާސްފަތި ދުވަހު އަލުން ފެން ދޫކުރަން ފެށުމުން ކައުންސިލުން ކަންބޮޑުވުންފާޅުކޮށް އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފެނުގެ މައްސަލައަށް ހައްލު ހޯދަން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް އެކި ފަހަރު މަތިން ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަތަކަށް ހައްލެއް ނުލިބި، މިދިޔަ މަހުގެ މެދު ތެރެއިން ފެށިގެން ފެނުގެ ހިދުމަތް މެދުކެނޑެން ފެށުމާއި ފެން ތަޣައްޔަރުވެފައިވާ ކަމުގެ ޝަކުވާ އިތުރުވުމުން އެ ކައުންސިލުން ކަމާގުޅުން ހުރި އިދާރާތަކަށް ހުށަހަޅައި ފެން ޓެސްޓުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ކައުންސިލްގެ ބަޔާނުގައިވާ ގޮތުން އެރަށަށް އަލުން ފެން ދޫކުރަން ފެށީ އެ ފެނަކީ ރައްކާތެރި ފެނެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެންގުމުން ކަމަށް ވީ ނަމަވެސް، އެމްއެފްޑީއޭގެ ތަހުލީލުތަކާއި އޭގެ ނަތީޖާ މިހާތަނަށް ކައުންސިލާ ހިއްސާ ކޮށްފައިނުވާ ކަމަށެވެ.
ރައްކާތެރި ފެން ފޯރުކޮށްދިނުމަކީ އިންސާނީ ހައްގެއް ކަމަށްވީ ނަމަވެސް އެ ސިޓީގެ ރައްޔިތުން އެކަމުން މަހުރޫމްވަމުން ދާތީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ