2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުޤުވެރި ވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޕީއެންސީން މިއަދު ކުރި އިއުލާނުގައި ބުނީ، މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުންފެށިގެން މިމަހު 15 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށެވެ. އަދި ވާދަކުރެވޭނީ 15 ވަނަ ދުވަހުގެ ކުރީން ޕާޓީ މެންބަރެއްގެ ގޮތުގައި ތިބި މީހުންނަށް ކަމަށެވެ.
އެ އިއުލާނުގައި ވަނީ، އިންތިޚާބުގައި ވާދަކުރެވޭ ފަރާތްތަކުގެ ޝަރުތުތައްވެސް ހިމަނާފައެވެ.
ޕީއެންސީގެ ލޯކަލްކައުންސިލް އިންތިޚާބު ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު 9:00 އިން ހަވީރު 4:00 ނިޔަލަށެވެ. ވާދަކުރުމަށް އެދޭ ފޯމު ޕީއެންސީގެ ވެބްސައިޓް އިން ލިބެން ހުންނާނެކަމަށް އެ ޕާޓީން ބުނެއެވެ.
ޕީއެންސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިޚާބުގެ ޕީއެންސީގެ ތަރުޖަމާނު، އަދި އެޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވީ، އިންތިޚާބަކީ ދެފުށްފެންނަ އިންތިޚާބަކަށް ހެދުމަށް މާލޭގައި ރަށްރަށުގެ ވޯޓު ފޮށިތައް ނުބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަދި ޕްރައިމަރީގައި ވޯޓުލެވޭނީ އެ މީހަކު ނިސްބަތްވާ ރަށެއްގައި ބަހައްޓާފައި ހުންނަ ވޯޓު ފޮއްޓަށް އެކަނި ކަމަށެވެ.
އެވެސް މި އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށާ އެތެރޭގެ އިދާރީ ކަންކަން ވީހާވެސް ފުރިހަމައަށް ކުރިއަށް ގެންދިޔުމަށް. ބައެއް ފަހަރަށް ޕްރައިމަރީގައި ވޯޓުލާއިރުގައި މާލޭގައި ބަހައްޓާފައި ހުންނައިރު، ދެކޮޅަށް ދަތުރުކޮށް، ވޯޓު އޮޅޭ ކަހަލަ ކަންކަން ވެފައި ހުންނާތީ
ކައުންސިލް އިންތިޚާބުގެ ޕީއެންސީގެ ތަރުޖަމާނު، އަދި އެޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް
ފަލާޙް ވިދާޅުވީ، މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އަކީ ޕީއެންސީ ކަމަށް ވުމާއެކު، މި ޕްރައިމަރީ ވެގެންދާނީ ޕާޓީއަކުން މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީ ކަމަށެވެ. އެގޮތުން މިހާތަނަށްވެސް މި ޕްރައިމަރީގައި 1400އަށް ވުރެ ގިނަ މީހުން ކުރިމަތިލާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ޕްރައިމަރީއަކީ ވަރަށް ބޮޑު ޕްރައިމަރީއަކަށްވާނެ. މިހާ ގިނަ މެންބަރުންތިބި ޕާޓީއެއްގައި ރާއްޖޭގެ ހުރިހާ ރަށަކުންވެސް މިހާރު މިތިބީ ވާދަކުރަން ފުރުސަތަކަށް އެދި، އެބޭފުޅުން އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައި. އެހެންވީމާ ވަރަށް ބޮޑު ޕްރައިމަރީއަކަށް ވެގެންދާނެ. އުންމީދު މިކުރަނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީ އަށޭ މި ޕްރައިމަރީ ވާނީ،" ފަލާހު ވިދާޅުވި އެވެ.
ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މީހުން ފޯމު ލުމުގެ ކަންކަން ކުރިއަށްދާނީ ޕޯޓަލްއެއް މެދުވެރިކޮށް އޮންލައިން ކޮށް ކަމަށް ޕީއެންސީން މައުލޫމާތު ދެއެވެ.
ޕީއެންސީގެ ކައުންސިލް އިންތިޚާބު ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ