ނަޕޯލީން ރޯމާ ބަލިކޮށް ކުރިއަށްޖެހިލައިފި ނަޕޯލީން ރޯމާ ބަލިކޮށް ކުރިއަށްޖެހިލައިފި

ރޯމް، އިޓަލީ (ޑިސެމްބަރު 1) - އިޓާލިއަން ލީގުގައި ރޭ ލީގުގެ އެއް ވަަނަ އަށް އެރުމުގެ އުންމީދުގައި ނުކުތް ރޯމާގެ މައްޗަށް 1-0 އިން ކުރިހޯދައި ނަޕޯލީން ތާވަލުގައި ފިޔަަަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.
ރޭގެ މެޗުން މޮޅުވެގެން ރޯމާ އަށް ލީގު ތާވަލުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތް ނަމަވެސް ބަލިވުމުން އެ ޓީމު އޮތީ ހަތަރު ވަނައިގަ އެވެ.
އެއް ވަނައިގައި އޮތް އޭސީ މިލާނާއި ދެ ވަނަ އަށް ޖެހިލި ނަޕޯލީ އަށް 13 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އިންޓަ މިލާނާއި ހަތަރެއްގައި އޮތް ރޯމާ އަށް ވަނީ 13 މެޗުން 27 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ބޮލޯނިއާ އާއި ހަ ވަނައިގައި އޮތް ކޯމޯގެ 24 ޕޮއިންޓް އޮތްއިރު، ހަތް ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ 13 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ނަޕޯލީގެ ރަސްމުސް ހޮއިލަންޑަށް ލިބުނު ފުރުސަތުގައި ގޯލަށް ބޯޅަ ފޮނުވައިނުލެވުނެވެ. އަދި ނަޕޯލީގެ ޖިއޮވާނީ ޑި ލޮރެންޒޯ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.
ނަޕޯލީން ލީޑުނެގީ މެޗުގެ 36 ވަނަ މިނިޓްގަ އެވެ. ކައުންޓަ އެޓޭކެއްގައި ހޮއިލަންޑް ދިން ބޯޅައަކުން މި ލަނޑު ޖެހީ ޑޭވިޑް ނެރޭސް އެވެ.
މެޗުގެ ފަހުކޮޅުގައި، ރޯމާ އަށް އެއްވަރުކޮށްދޭން އެ ޓީމުގެ ޓޮމާސޯ ބަލްޑަންޒީ ޖެހި ބޯޅަ ނަޕޯލީގެ ކީޕަރު، ވަންޖާ މިލިންކޮވިޗް-ސަވިޗް ވަނީ މަތަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ