އެކި ކަންކަމާ ގުޅިގެން މަޖިލީހަށް ޕެޓިޝަން ހުށަހެޅުމަށް ރައްޔިތުންނަށް އޮންނަ ފުރުސަތު ހަނިކޮށްފި އެކި ކަންކަމާ ގުޅިގެން މަޖިލީހަށް ޕެޓިޝަން ހުށަހެޅުމަށް ރައްޔިތުންނަށް އޮންނަ ފުރުސަތު ހަނިކޮށްފި

އެކި ކަންކަމާ ގުޅިގެން މަޖިލީހަށް ޕެޓިޝަން ހުށަހެޅުމަށް ރައްޔިތުންނަށް އޮންނަ ފުރުސަތު ހަނިކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި އިސްލާހު މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ތާއީދާއެކު އެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ނުވަ ބޭފުޅަކު ވޯޓު ދެއްވި އެވެ.
މަޖިލީހުގެ ގަވާއިދަށް ގެންނަން ފާސްކުރި އިސްލާހުގައިވާ ގޮތުން އެއްވެސް ކަމެއްގައި ދެން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނީ މަދުވެގެން 500 މީހުންގެ ސޮއިއާއެކު އެވެ. އަދި ޕެޓިޝަނުގައި ސޮއިކުރާ ހުރިހާ އެންމެންގެ ފުރިހަމަ ނަމާއި އެޑްރެސްގެ އިތުރުން ފޯނު ނަންބަރު ހިމެނުމަށް ވެސް އެ އިސްލާހުގައި ލާޒިމު ކޮށްފައިވެ އެވެ.
އިސްލާހުގައިވާ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރާ މީހުންގެ އަދަދު، ދިވެހިރާއްޖޭގެ އާބާދީގެ 0.2 ޕަސެންޓަށްވުރެ މަދުނަމަ އެ ޕެޓިޝަނެއް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ ޕެޓިޝަން ސްޕޮންސާ ކުރުމުންނެވެ.
ދިވެހިރާއްޖޭގެ އާބާދީގެ 0.5 ޕަސެންޓު މީހުން ޕެޓިޝަނުގައި ސޮއިކޮށްފައިވާ ނަމަ، އެ ޕެޓިޝަނެއް މަޖިލީހުގެ ޖަލްސާއެއްގައި ބަހުސްކުރަން ހުށަހެޅުމުގެ ކުރިން، ޕެޓިޝަނުގައި ސޮއިކުރި މީހުންގެ 10 ޕަސެންޓު މީހުންނަށް މަޖިލީހުން ގުޅައި އެ ޕެޓިޝަނުގައި ސޮއިކުރީ އެމީހުންކަން ކަށަވަރު ކުރަންޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
މީގެ ކުރިން އޮންނަ ގޮތުން، މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ވަކި އަދަދަކަށް ސޮއި ހަމަކުރާކަށް ނުޖެހެ އެވެ. މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނެ ކަމަށް ގަވާއިދުގައި އޮންނަނީ ތިން ހާލަތެއްގަ އެވެ. އެއީ:
ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު އޮތް ކަމަކާ ގުޅޭގޮތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނީ އެ ކަމަކީ ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓެއްގައި ހިނގަމުންދާ ޝަރީއަތެއްގެ ދާއިރާގައި ނުހިމެނޭ ކަމަކަށް ވަންޏާ އެވެ. އަދި އެ ކަމަކީ ގާނޫނީ ގޮތުން ހައްލު ހޯދޭނެ ކަމަކަށްވާ ނަމަ ވެސް އެ މައްސަލައަކާ ގުޅިގެން ޕެޓިޝަނެއް މަޖިލީހަށް ހުށައެއް ނޭޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ