މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެތުލީޓްސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެ ޖަމިއްޔާ އިން ހުޅުވާލައިފި އެވެެ.
އޮލިމްޕިކް ކޮމިޓީން އިއްޔެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގޮތުން، މި މަހުގެ 29 ވަނަ ދުވަހު އެތުލީޓްސް ކޮމިޝަންގެ އިންތިހާބު ބާއްވަން ވަނީ ނިންމައިފަ އެވެ. އެއީ، 2025-2029ގެ މުއްދަތަށެެވެ.
އެ ގޮތުން، ފަސް މެމްބަރުންގެ މި ކޮމިޝަނަށް ކޮންޑިޑޭޓުން ނޮމިނޭޓްކުރާއިރު، މަދުވެގެން ދެ އޮލިމްޕިއަނުން ހިމެނެން ޖެހޭނެ އެވެ. އަދި، އަންހެން އަދި ފިރިހެން އެތުލީޓެއް ހިމެނުން ވެސް ވަނީ ލާޒިމްކޮށްފަ އެވެ.
އޮލިމްޕިއަނުން ނަގާއިރު، ތަފާތު ކުޅިވަރުތަކުން ނެގުމަށް އިސްކަންދޭންޖެހޭއިރު، މެމްބަރުން ހޮވުމުގައި ވެސް ވެސް އަމަލުކުރަންޖެހޭނީ ތަފާތު ކުޅިވަރުތަކުންނެވެ. މި މަގާމުތައް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމު ގެޒެޓާ އެކު ވަނީ ހިމަނައިފަ އެވެ.
އޮލިމްޕިކް ކޮމިޓީން ބުނީ، މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން، ފޯމު ފުރިހަމަ ކުރުމަށް ފަހު، އޮރިޖިނަލް ކޮޕީ އޮލިމްޕިކް ކޮމިޓީ އޮފީހަށް ހުށަހަޅަން ޖެހޭނީ އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަނަށް އެޑްރެސްކޮށް ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ shaufa@olympic.mv ނޫނީ ec@olympic.mv އަށް އީމެއިލް ކުރުމަށް އޮލިމްޕިކް ކޮމިޓީން ވަނީ ގެޒެޓުގައި ހިމަނައިފަ އެވެ.
އެތުލީޓްސް ކޮމިޝަނުގެ އިންތިހާބުގައި މަސައްކަތްކުރުމަށް އެކުލަވާލައިފައިވާ އިލެކްޓޯރަލް ކޮމިޓީގައި ހިމެނެނީ ޗެއާމަނަކަށް އަލީ ސަލީމް އަދި މެމްބަރުންގެ ގޮތުގައި، އަހުމަދު ޝިފާން އަބްދުލް ރަހީމް އަދި އަހުމަދު އަސްލަމް އެވެ.
އެތުލީޓްސް ކޮމިޝަނަކީ 2009 ވަަނަ އަހަރު އޮލިމްޕިކް ކޮމިޓީ އަށް މެމްބަރުން އިންތިހާބުކުރަން ފެށުނު އިރުން ފެށިގެން ހިމެނޭ ބައެކެވެ. އެކަމަކު، މީގެ ކުރިން އެ ކޮމިޝަންގެ އެކްޓިވް ބައެއްގެ ގޮތުގައި ފާހަގަވެފައި ނެތެވެ. އެތުލީޓްސް ކޮމިޝަނަށް ބާރުތައް ދޭގޮތަށް ފާސްކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެތުލީޓްސް ކޮމިޝަނުގެ ފުރަތަމަ ދެ މެމްބަރުންގެ ގޮތުގައި 2020 ވަނަ އަހަރު ފެބްރުއަރީ މަހު އިއުލާނުކުރީ ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން އެތުލީޓް، ހަސަން ސާއިދު އާއި ކާމިޔާބު ފެތުންތެރިޔާ، އައިމިނަތު ސަޖަން އެވެ.
އޮޮލިމްޕިކް ކޮމިޓީގެ އެތުލީޓްސް ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލައިފި އޮޮލިމްޕިކް ކޮމިޓީގެ އެތުލީޓްސް ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ