އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ނަގޫ ރޯޅިއެއް އަރާ ގެެއްލުންތަކެއްވެއްޖެއެވެ.
އި ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނީ، މިއަދު އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް ނަގޫ ރޯޅިއެއް އަރާ ގެެއްލުންތަކެއް ވެފައިވާ ކަމަށެވެ.
އެންޑީއެމްއޭ އިން ބުނިގޮތުގައި މި ނަގޫރޯޅި އެރުމުގެ ސަބަބުން މަރަދޫ ފޭދޫގެ 6 ގެއަކަށް ވަނީ ގެއްލުންތަކެއްވެފައެވެ.
އެހެންވެ އެ ގޭތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ކުރަނުން އަންނަކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މި ނަގޫރޯޅި އެރި ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ގޭތަކުގެ ފުރާޅު ވަނީ އެއްކޮށް އެއްލައިލާފައެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ މިއަދު އައްޑޫ ސިޓީއަށް ކުރި ވިއްސާރައާ އެކު އައި ގަދަ ކޮޅިގަނޑުގައި، އައްޑޫ ސިޓީ، މަރަދޫފޭދޫގެ 6 ގެއެއްގެ ފުރާޅު ވަޔާ އެކު މަގުމައްޗަށް އެއްލާލާފައިވާ ކަމަށެވެ. އެ 6 ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން ފުރާޅު މަގުމަތިން އެއްފަރާތްކޮށް، ފުރާޅު ހެދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ނަގޫރޯޅިއެއް އަރާ ގެެއްލުންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ