މިރޭ ހައިވޭގައި ހިނގި ނުރަައްކާތެރި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެފި އެވެ.
އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް އާރުޓީއެލް ބަހެއްގައި ޖެހިގެންނެވެ. ބަހުގައި ޖެހުނީ ބާރު ސްޕީޑްގައި ދުއްވި ސައިކަލު އޯވާ ޓޭކް ކުރަން އުޅުމުގެ ތެރޭގަ އެވެ. އެ ސައިކަލު ވަނީ ބަހުގެ ދަށުވެފަ އެވެ. އަދި އެހެން ސައިކަލެއްގައި ޖެހި އޭގައި ތިބި މީހުންނަށް ވެސް އަނިޔާވި އެވެ.
ފުލުސް ސައިކަލެއްގައި ވެސް ޖެހި އެ ސައިކަލަށް ވެސް ގެއްލުންވި އެވެ.
އެކްސިޑެންޓްގައި އަނިޔާވި ބާރު ސްޕީޑްގައި ދުއްވި ސައިކަލުގައި އިންް މީހާއާ އަނެއް ސައިކަލުގައި ތިބި ދެ މީހުންނަށެވެ. އެކަމަކީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެކެވެ. އެ މީހުންނަށް ފަރުވާ ދެމުންދާއިރު އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.
ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވި ސައިކަލު ޓޯ ކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހައިވޭ އެކްސިޑެންޓް: ތިން މީހަކަށް އަނިޔާ، ބާރު ސްޕީޑްގައި ދުއްވި ސައިކަލު ޓޯ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ