އިދިކޮޅުގައި ހުރި ”ބުންވަރު” ދައްކާލަން މިއަދު ހަވީރު ނުކުންނަނީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން “ބުންވަރު” ނަމުގައި މިއަދު ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ
ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.
ހިނގާލުމުގެ މައުލޫމާތު ދިނުމަށް މީގެ ކުރިން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އެއީ ސުލްހަވެރި ހިނގާލުމެއް ކަމަށާއި އެ ހިނގާލުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށެވެ.
އިދިކޮޅުން މިއަދު ހިނގާލުމަކަށް ނުކުންނައިރު، ޕީޕީއެމްގެ “ހޯޕް ކޮންފަރެންސް” 1150 މަންދޫބުންނާ އެކު އިއްޔެ ވަނީ ފަށައިފަ އެވެ.
އެ ކޮންފަރެންސްގެ ބޭނުމަކީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި ޕީޕީއެމުން ކެމްޕޭން ޓީމުތައް އެކުލަވާލައި، އިންތިހާބާ ބެހޭ ކަންކަން ޕާޓީން ކުރިއަށް ގެންދާނެ ގޮތާބެހޭ ތަފުސީލީ މަޝްވަރާތަކެއް ކުރުމެވެ.
އަދި އެ ކޮންފަރެންސް ނިންމުމުގެ ޖަލްސާ އަންނަ އާދީއްތަ ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވަން ވަނީ ނިންމައިފަ އެވެ
ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީނާ ހަވާލުކޮށްފައިވީ ނަމަވެސް މަނީ ލޯންޑަރިންއާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ އެ މަނިކުފާނު ގެންދަވަނީ މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އެ ހުކުމް ދެމި އޮތްހާ ދުވަހަކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ