އިސްރަށްވެހިން ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިކުރުވަން މުވައްޒަފުން ތަމުރީނުކޮށްފި

އުމުރުން ދުވަސްވީ މީހުންނަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މުވާސަލާތުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓް މިނިސްޓްރީގެ ބައެއް މުވައްޒަފުން ތަމްރީނުކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ، "ސުމޭކު ވަސީލަތްތަކަށް ހޭލުންތެރި އިސްރަށްވެހިން"ގެ ނަމުގައި ހިންގި ތަމުރީނު ޕްރޮގްރާމްގައި މިނިސްޓްރީގެ މުވައްޒަފުންނާއި އިސްރަށްވެހިންގެ ނާދީގެ މުވައްޒަފުން ހިމެނޭހެން 14 މުވައްޒަފަކު ބައިވެރިވި ކަމަށެވެ. އިސްރަށްވެހިންނާއި އުމުރުން ދުވަސްވީ މީހުންނަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މުވާސަލާތުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީގެ މުވައްޒަފުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ ސޯޝަލް މިނިސްޓްރީ މި ތަމުރީނު ޕްރޮގްރާމްގައި ޒަމާނާ އެކު މުވާސަލާތުކުރުމަށް އައި ބަދަލުތަކާއި، އިންޓަނެޓަކީ ކޮބައިކަމާއި، ސްމާޓްފޯނު ބޭނުންކުރާނެ ގޮތްތަކާއި، ކޯލުތަކަށް ޖަވާބުދީ ފޯނުން ފޮޓޯނަގައި ފޮޓޯތައް ހިއްސާކުރާނެ ގޮތްތަކާއި ދިވެހިބަހުގެ ލިޔުންތައް އިންޓަނެޓުން ހޯދައި، ރައްކާތެރި ގޮތުގައި ހޯދައި ކިޔޭނެ ގޮތުގެ މައުލޫމާތު ކިޔައިދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ، މީގެ އިތުރުން މީހުންގެ ނަންބަރު ސޭވްކުރާނެ ގޮތްތަކާއި، އާއިލާގެ މެންބަރުންނަށް ގުޅައި ވީޑިއޯކޯލް ކުރުމާއި ސޯޝަލް މީޑިއާ ރައްކާތެރިގޮތުގައި ބޭނުންކުރާނެ ގޮތްތަކުގެ މައުލޫމާތު ވެސް މުވައްޒަފުންނަށް ކިޔައިދީފައިވާ ކަމަށެވެ. ހަމަ އެއާއެކު ފައިސާ އާ ގުޅުންހުރި ކަންކަމުގައި ފޯނު ބޭނުންކުރާނެ ގޮތްތަކާއި ސްކޭމްތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ކިޔައިދޭނެ ގޮތްތައް ވެސް މި ޕްރޮގްރާމްތެރޭ ހިމަނާފައިވާނެ ކަމަށް ސޯޝަލް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ