ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކަށް، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު އަނެއްކާވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކޮށް ދުރު ފެންނަ މިންވަރު ދަށްވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފައިވާ ގޮތުގައި، ދުންފުހުގެ ސަބަބުން ވައިގެ ނުސާފުކަން އިތުރުވެ، ދުރު ފެންނަ މިންވަރު ވަނީ 3 ކިލޯމީޓަރަށް ވުރެ ދަށަށް ގޮސްފައެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް އިރުވައި މޫސުމުގެ ދުވަސްވަރު ކަމަށްވެފައި، އަވަށްޓެރި ގައުމުތަކުން ބޭރުވާ ދުމާއި ހިރަފުސް އިރުއުތުރުން އަންނަ ވަޔާއެކު ރާއްޖެއާ ދިމާލަށް ދަތުރުކުރަމުންދާތީ، ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ މަތީގައި ދުންފުހީގެ އަސަރު ހުންނާނެ ކަމަށް މެޓުން ލަފާކުރެއެވެ.
ވައިގެ ފެންވަރު ދަށްވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ވަކިން ޚާއްސަކޮށް ބޭރުގައި ގިނަވަގުތު އުޅޭ ފަރާތްތަކާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި މާސްކު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ދުރު ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.
އަނެއްކާވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ދުންފުހުގެ އަސަރުކޮށް، ދުރު ފެންނަ މިންވަރު ދަށްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ