ޕިކަޕެއް ދަށުވެގެން 60 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ

ޕިކަޕެއްގެ މަރާމާތު މަސައްކަތް ކުރުމަށް އޭގެ ދަށުގައި އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި، އެ މީހާ ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ހުޅުމާލޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތެއް ކުރުމަށް އޭގެ ދަށުގައި އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 11:05 އެހައިކަންހާއިރުއެވެ.
އަދި މި ހާދިސާގައި އަނިޔާވި މީހާ ނިޔާވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ