މޫދާ ގުޅުންހުރި އެކި ބާވަތުގެ ސާމާނު ވިއްކުމުގައި ރާއްޖޭގައި މަޝްހޫރު ސީ ގިއާ އިން، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ރޯދަމަހު ވެސް އަގުހުރި އިނާމުތަކާ އެކު 'ސީ ގިއާ ރޯދަ ކުއިޒް' ކުރިއަށް ގެންދަން ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއީ ތަފާތު ސުވާލުތަކާއި ގޭމުތަކުގެ އިތުރުން ޝައުގުވެރި ޗެލެންޖުތަކެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.
ތަފްސީލް - މި ރޯދަ ކުއިޒު ކުރިއަށްގެންދާނީ ސީ ގިއާގެ ރަސްމީ ފޭސްބުކް ޕޭޖުގަ އެވެ.
ކުއިޒުގައި ހިމެނޭ ސުވާލުތައް ބިނާކޮށްފައި ވަނީ އެ ކުންފުނިން ވިއްކާ ތަފާތު އުފެއްދުންތަކުގެ މައްޗަށެވެ. މީގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ޝައުގުވެރި މާހައުލެއްގައި އުފެއްދުންތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުއިޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ހާއްސަ އަގުހުރި އިނާމެއް ލިބޭނެ އެވެ. އެގޮތުން:
މި ގުރުއަތުގައި ބައިވެރިވުމަށް ސުވާލުގެ ޖަވާބު ރަނގަޅުވުން މަޖުބޫރެއް ނޫން
ޖަވާބު ނުބައި ވިޔަސް މި އިނާމުގެ ގުރުއަތުގައި ބައިވެރިވެވޭނެ
މި އަހަރުގެ ބޮޑު އިނާމަކީ 'އިންސްޓަ 360 ޕްރޯ ޑައިވް ބަންޑްލް'އެއް
މީގެ އިތުރުން، ބައެއް ދުވަސްދުވަހު ކުއިޒްގެ ބައިވެރިން ނަގާފައިވާ ފޮޓޯ ހިއްސާކޮށްގެން ބައިވެރިވެވޭ ގޮތަށް ވެސް ކުއިޒުގެ ބައިތައް ވަނީ ރާވާފަ އެވެ.
މި ކުއިޒާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ސީ ގިއާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބެން ހުންނާނެ އެވެ.
ފާހަގަކޮށްލެވޭ - ސީ ގިއާއަކީ މަސްވެރިކަމާއި ޑައިވިން މޫދު ކުޅިވަރު އަދި ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަމާ ގުޅުން ހުރި އެންމެ ފަހުގެ ސާމާނުތައް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިއްކާ ކުންފުންޏެކެވެ.
ސީ ގިއާއިން އަގުހުރި އިނާމުތަކާ އެކު ރޯދަ ކުއިޒް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ