ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ގޭބަންދަށް ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފެނަކައިގެ އިސްވެރިޔަކަށް ސައީދު ހުންނެވިއިރު، އެ ކުންފުނީގެ ފައިސާއަށް އޭނާ ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ސާބިތުވެ، ހަތަރު އަހަރަށް ހުކުމްކޮށްފައި ވަނީ މިދިޔަ ސެޕްޓަމްބަރު މަހު އެވެ.
އިއްޔެ އޭނާ ގޭބަންދަށް ބަދަލު ކުރިކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.
ކަރެކްޝަންސްގެ ބަސް - "ސައީދުގެ ސިއްހީ ހާލަތާ ހުރެ އިއްޔެ ވަގުތީ ގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި،" މިކަމާ ގުޅޭ ގޮތުން ކަރެކްޝަންއާ މިއަދު 'ދައުރު'ން ސުވާލު ކުރުމުން އެ ތަނުގެ ތަރުޖަމާނު އައިމިނަތު ޔުސްރީން ވިދާޅުވި އެވެ.
ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ނުދެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޖަލަށް ހުކުމް ކުރި ފަހުން ސައީދުގެ ސިއްހީ ހާލަތު ގޯސްވެގެން، އެކި ފަހަރު މަތިން ޑޮކްޓަރަށް ދެއްކުމަށް އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.
ފެނަކަ ސައީދު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ