ޕިކަޕެއް މަރާމާތު ކުރަން އޮތް ދިވެއްސެއް އޭގެ ދަށުވެގެން މަރުވެއްޖެ

ހުޅުމާލޭގައި ޕިކަޕެއް މަރާމާތުކުރަން އުޅުނު މީހަކު އެ ޕިކަޕުގެ ދަށުވެގެން އިއްޔެ މަރުވެއްޖެއެވެ. ފުލުހުން ބުނީ ހުޅުމާޅޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތް ކުރުމަށް އެ ޕިކަޕު ދަށަށް ވަދެ އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓިގެން، އެ ކަމުގެ ރިޕޯޓު އިއްޔެ ހެނދުނު، 11:05 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ. އެ މީހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ހުޅުމާލޭ ހޮސްޕިޓަލުން ފުލުހުންނަށް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މަރުވީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ