ސަން ބަދިގެ: މ. އަތޮޅު މީހުންގެ "މާޖިލާ"

މިއަދު މި ގެނެސްދެނީ ރޯދަވީއްލާ ވަގުތަށާއި ހާރު ދަމަށް ވެސް ކެއުމުގައި ބޭނުންކޮށްލެވިދާނެ ސިއްހަތަށް ވަރަށް ފައިދާހުރި ބާވަތެކެވެ. މ.މުލީ މީހުން "މާޖިލާ"ގެ ނަމުން ތައްޔާރުކުރާ މި ބާވަތަކީ ގަބުޅި ސަޓަނިއާ ދާދި އެއްކަހަލަ ގޮތަކަށް ތައްޔާރުކުރާ އެއްޗެކެވެ. "މާޖިލާ"އޭ ބުނުމުން އެއީ މީހަކަށް ކިޔާ ނަމެއް ކަމަށް ހީކުރެވުނު ނަމަވެސް މ. އަތޮޅުގެ ރަށްތަކުގެ ވަރަށް ގިނަ ބަޔަކު ރޯދަ މަހު މި ކެއުން ތައްޔާރުކުރެއެވެ. ބޭނުންވާ ތަކެތި3 ޅަ ގަބުޅި (އުކުރާ ލުމަށްފަހު ކޮށާފައި)ގަބުޅި ފެން1 ގަނޑާއި ބައި ވަޅޯމަސް (ކުދިކޮށް ކޮށާފައި)1 ފިޔާ (ތުނިކޮށް ކޮށާފައި)1 ގިތެޔޮ މިރުސްމުގުރާފައި ހުރި އަސޭމިރުސް1 ލުނބޯދެ ކޯނި ހިކަނދިފަތްލޮނު ތައްޔާރުކުރާނެ ގޮތް މަސްގަނޑު ތުނިކޮށް ކުދިކޮށް ކޮށާލުމަށްފަހު ފިޔާ، މިރުސް އަދި ހިކަނދިފަތް ތުނިކޮށް ކޮށާލާށެވެ. ކޮށާފައިހުރި މަސްތައް ތަށްޓެއްގައި އެންމެ ފުރަތަމަ އެހާ ހިމުން ނުކޮށް ރާޅުކޮށް އަތުން މޮޑެލާށެވެ. އެއަށްފަހު ފިޔާ، އަދި ގިތެޔޮ މިރުސް އަދި ހިކަނދިފަތް ރަނގަޅަށް މޮޑެލާށެވެ. ދެން ރަނގަޅަށް ލޮނު ހެޔޮވަރުކޮށްލުމަށްފަހު ލުނބޯ ހުތާ އެކު މަސްގަނޑު ރަނގަޅަށް މޮޑެލުމަށްފަހު ކޮށާފައި ހުރި ގަބުޅިއާ އެކު އެއްކޮށްލާށެވެ. އެއަށްފަހު ގަބުޅިފެން ކޮޅެއް އެއްކޮށްފައި ހުރި މަސްގަނޑުތެރެއަށް އަޅާލުމަށްފަހު ރަހަ ހެޔޮވަރުކޮށްލާށެވެ. "މާޖިލާ"ގެ ނަމުން މުލީގައި ތައްޔާރުކުރާ މި ބާވަތް އެ ރަށު މީހުން އާއްމުކޮށް ކައި އުޅެނީ ބަތްޕެނާއެކުއެވެ. މިއީ ހާރުކާ ވަގުތަށާއި ރޯދަ ވީއްލާ ވަގުތަށް ވެސް އެރަށުގެ ގިނަ ބަޔަކު ޒަމާނުއްސުރެ ކައި އުޅޭ ބާވަތެކެވެ. ބަތްޕެނާ އެކު މާޖިލާ ކެއުމުން ހަށިގަނޑަށް އެކަމުން މާބޮޑު ބަރުހެލިކަމެއް އިހުސާސް ނުކުރެވޭނެ ލުއި ބާވަތެއް ކަމަށް އެ ރަށުގެ ގިނަ ބަޔަކު ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ