ރާއްޖޭގެ ޖަލުތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީހް ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.
އެގޮތުން ކަރެކްޝަންސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ސަރވިސްގެ ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދުކުރުމަށާ، ޤައިދީންނާއި ބަންދުމީހުންނަށް ދީނީ ސެޝަންތައް ކުރިއަށްގެންދިއުމަށް ހާފިޒުން ހަމަޖައްސައިފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން، ރަމަޟާން މަހަށް މަރުޙަބާ ކިއުމުގެ ގޮތުން، އެ ސާވިސަސްއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާ ގުޅިގެން، މާފުށީ ޖަލާއި އައްސޭރި ޖަލުގެ އޮފިސަރުންނަށް ވަނީ ދީނީ ސެޝަންތަކެއްވެސް ހިންގާފައެވެ.
މިއީ ގައިދީންނާއި ބަންދުމީހުން ދީނީ ކަންކަމަށް އަހުލުވެރިކުރުވުމަށާއި އަހުލާގީ ގޮތުން ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކެއް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
މި ރޯދަމަހު ޖަލުތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީހް ނަމާދު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ