ދިރާގުން ދޭ ފަހު ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މި މަހު 31ގެ ނިޔަލަށް
ދިރާގުގެ "ވިން 2 ސްޕީޑްބޯޓް" ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހު ހަމަވާނެ ކަމަށް ދިރާގުން ބުނެފި އެވެ. މިއީ މި ޕްރޮމޯޝަނަށް އެންރޯލްކުރުމަށް ލިބޭ އެންމެ ފަހު ފުރުސަތެވެ.މި ޕްރޮމޯޝަނަށް ކުރިން އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް ދެވަނަ ބޯޓު ހާސިލުކުރުމުގެ ފުރުސަތު އެބައޮތެވެ. އެ ކަސްޓަމަރުންނަށް އަލުން އެންރޯލްކުރާކަށް ނުޖެހޭނެއެވެ.އެ ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އަލްޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާ އެކު ލިބޭނެ އެވެ. އެ ބޯޓު ލިބުނު ފުރަތަމަ ނަސީބުވެރިޔާ މިދިޔަ ޖެނުއަރީ މަހު ވަނީ ހޮވައިފަ އެވެ.އެ ސްޕީޑްބޯޓު ލިބުނީ އަބްދުﷲ ސައީދު ކިޔާ މީހަކަށެވެ. ދިރާގުން ދޭ ސްޕީޑްބޯޓަކީ ވޯޓާސްޕޯޓްސް އާއި ކުރު ދަތުރުތައް ކުރުމުގައި ބޭނުން ކުރެވޭނެ އެއްޗެކެވެ. ދިރާގުން ކުރިއަށްގެންދާ ފޯރިގަދަ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުވާނެއެވެ.އެ ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަސްޓަމަރުންގެ ތެރޭގައި:ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުންދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންއަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލް ދައްކާ ކަސްޓަމަރުންދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންއެ ޕްރޮމޯޝަންގައި އެންރޯލްކުރުމަށް ޚާއްސަ ޕޯޓަލްއެއް ކަނޑައަޅައިފައިވެއެވެ. އެއީ، https://bit.ly/Win-2-SPeedboats އެވެ.މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ