އީވީ އުޅަނދުތަކުގައި ފެހި ނަންބަރު ބޯޑު ޖަހަން 2 މަސް ދީފި

އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ އިލެކްޓްރޯނިކް ވެހިކަލްތައް (އީވީ އުޅަނދުގެ) ނަމްބަރު ބޯޑުގައި ފެހިކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި ހުންނަން ޖެހޭ ގޮތަށް ހަދާފައިވާއިރު އެ ބަދަލު ގެނައުމަށް ދެ މަސް ދުވަހުގެ މުއްދަތެއް ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ. މި ބަދަލު ގެނައީ، 'އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް' އިއްޔެ ގެނައި 7 ވަނަ އިސްލާހުގަ އެވެ.އިލެކްޓްރިކް އުޅަނދަކީ އާންމުކޮށް ބޭނުންކުރާ ޕެޓްރޯލް ނުވަތަ ޑީސަލް އިންޖީނުގެ ބަދަލުގައި، ހަމައެކަނި ބެޓެރީގެ ހަކަތަ ބޭނުންކޮށްގެން ނުވަތަ އިލެކްޓްރިކް މޯޓަރެއް ބޭނުންކޮށް ދުއްވާ އުޅަނދުތަކެވެ.އެ ގަވާއިދުގައި ބުނީ ވިޔަފާރި އުސޫލުން ބޭނުންކުރާ އީވީ ވެހިކަލްތަކުގެ ބޯޑު ހުންނާނީ ފެހިކުލައިގެ ބޯޑެއްގައި ރީނދޫކުލައިގެ އަކުރުން ލިޔެފަ އެވެ. ކޮންސިއުލާ މިޝަންތަކުގައި ބޭނުންކުރާ އުޅަނދު ނަމްބަރު ނޫކުލައިގެ ބޯޑުގައި ހުދު ކުލައިން ލިޔެފައި ހުންނަން ޖެހޭއިރު ވިޔަފާރީގެ ބޭނުމަށް ބޭނުންކުރާ އިންޖީނުލީ އުޅަނދުގެ ނަމްބަރު ބޯޑު ހުންނަން ޖެހެނީ ރީނދޫކުލައިގެ ބޯޑެއްގައި ކަޅުއަކުރުން ލިޔެފަ އެެވެ. އެ ގަވާއިދުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އެއްވެސް އުޅަނދެއްގައި މިންގަނޑުތަކާ ހިލާފަށް ނަމްބަރު ބޯޑު ހަރުކުރުމާއި ދިއްލޭ ކުލަތައް ބޭނުންކޮށްގެން ނަމްބަރު ބޯޑު ތައްޔާރުކޮށްގެން ބޭނުންކުރުމަކީ މަނާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ