އެމެރިކާގެ ބައެއް ސިޔާސީ ބޭފުޅުން ވަނީ މި ހާދިސާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއަށް ހިތްވަރުދެއްވާފައެވެ. ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމަރ އެކްސްގައި ވިދާޅުވީ، ނުރައްކާތެރި ހާލަތުގައި ޕައިލެޓުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ޕައިލެޓުން ސަލާމަތުން އެނބުރި އައުމަށް އެދޭ ކަމަށެވެ.
ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމައިގައި، އަމިއްލަ ފައުޖުތަކަށް އޮޅިގެން ދެވުނު ހަމަލާތަކެއްގައި (ފްރެންޑްލީ ފަޔަރ) ކުވައިތު މަތިން އެމެރިކާގެ 3 އެފް-15 ޖެޓެއް ވަނީ ވެއްޓިފައެވެ. އަދި މިދިޔަ މަހު އިރާގަށް ވެއްޓުނު ތެޔޮ އަޅާ ބޯޓެއްގައި ތިބި 6 މީހުންވެސް ވަނީ މަރުވެފައެވެ. މީގެ އިތުރުން އެމެރިކާގެ އެތައް ޑްރޯނެއް ވައްޓާލާފައިވާކަމަށްވެސް އީރާނުން ދައުވާކުރެއެވެ. ނަމަވެސް ޓްރަމްޕް އަދި އެމެރިކާގެ އިސް އޮފިޝަލުން ތަކުރާރުކޮށް ބުނަމުން ގެންދަނީ ހަނގުރާމަ ފެށުނުފަހުން އީރާނުގެ ވައިގެ ދިފާއީ ހުރިހާ ނިޒާމެއް ނައްތާލެވިފައިވާ ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ރިޓަޔަރޑް ކާނަލް އަދި ފޮރިން ޕޮލިސީ ތިންކް ޓޭންކެއް ކަމަށްވާ ނިއު ލައިންސް އިންސްޓިޓިއުޓްގެ ސީނިއަރ ފެލޯ މައިލްސް ކެގިންސް ބުނީ، މިއީ އެމެރިކާގެ އަސްކަރިއްޔާއަށް ކުރިމަތިވި ވަރަށް ބޮޑު ހާދިސާއެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި އީރާނުގެ މައިގަނޑު ދިފާއީ ނިޒާމުތައް ވައިގެ ހަމަލާތަކުންނާއި ސައިބަރ އެޓޭކްތަކުން ނައްތާލެވިފައިވީ ނަމަވެސް، އެކަކަށް އުފުލޭ ފަދަ ކުދި ދިފާއީ ނިޒާމުތައް (މޭން-ޕޯޓަބަލް ސިސްޓަމްސް) ބޭނުންކޮށްގެންވެސް މި އެފް-15 ވައްޓާލާފައިވުމަކީ އެކަށީގެންވާ ކަމެކެވެ.
އީރާނުން އެމެރިކާގެ ދެ ފައިޓަރ ޖެޓު ވައްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ