580 ފޮށީގެ ތެރެއިން މިހާތަނަށް ވޯޓުލާން ފެށުނީ 585 ފޮށީގެ

ތިން އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު އަދިވެސް 3 ފޮށީގެ ވޯޓުލުން ނުފެށޭކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މިއަދު ކުރިއަށްދަނީ ‎ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ވޯޓުލުމެވެ. 
ވޯޓުލާން ފަށާ ގޮތަށް އޮތީ 8:00 ގައެވެ. ވޯޓު ކިޔު ބަންދުކުރާނީ 4:00 ގައެވެ. 
މި އިންތިޚާބުގައި ޖުމްލަ 588 ފޮށި ބަހައްޓާފައިވާއިރު، މިހާތަނަށް ވޯޓުލާން ފެށުނީ އޭގެ ތެރެއިން ވޯޓުލާން 585 ފޮށީގެ ވޯޓުލުން ކަމަށް އީސީން ދާދި ދެންމެ އަކު ވަނީ ބުނެފައެވެ. އަދި 3 ފޮށީގެ ވޯޓުލުން ނުފެށެވެ. 
ވޯޓުލުން ނުފެށިހުރި މަރުކަޒުތަކަކީ، އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެމީހުން ހާޒިރުނުވާ ތަންތަން ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ. 
އެއީ ކޮން ވޯޓު ފޮށިތަކެއް ކަން ހާމަކޮށްފައެއް ނުވެއެވެ.
ތަފްސީލް އަންނަނީ…
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ