ހުރިހާ ރައްޔިތުންވެސް ވޯޓުލުމުގެ ހައްގު އަދާކުރައްވަން އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވައިފިއެވެ.
މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ލެއްވުމަށްފަހު، ތާޖުއްދީން ސްކޫލްގެ ބޭރުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރުމަށް ހުރިހާ ރައްޔިތުންވެސް ވޯޓުލުމަށް ނިކުތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ހުރިހާ ރައްޔިތުންގެ އަސާސީ ގާނޫނީ ހައްގެއް ވޯޓުލުމަކީ. އެހެންވީމަ ރައްޔިތުންގެ ގާނޫނީ ހައްގު އަދާކުރުމަށް ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑު ދަންނަވަން" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާ އިންތިޚާބުގައި، ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރެ އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެކަނި 1،593 ކެންޑިޑޭޓުން ވާދަކުރާއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1،368 ކެންޑިޑޭޓުން ވަނީ ނުކުމެފަ އެވެ. ލެކްޝަންސް ކޮމިޝަނުން އާއްމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އިންތިހާބުގައި 144،506 އަންހެނުންނާއި، 150،370 ފިރިހެނުންނާއެކު ޖުމްލަަ 299،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 ޖެހުމާއި ހަމައަށެވެ.
ހުރިހާ ރައްޔިތުންވެސް ވޯޓުލުމުގެ ހައްގު އަދާކުރައްވާ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ