އެމްޓީސީސީން އިއްޔެ 49 ވަޒީފާ އިއުލާންކޮށްފި؛ ކުރިމަތިލާން ދިނީ 12 ގަޑިއިރަށް ވުރެ ކުޑަ ވަގުތެއް

އެމްޓީސީސީން އިއްޔެ އެކަނި 46 ވަޒީފާއަށް އިއުލާންކޮށް، ކުރިމަތިލާން 12 ގަޑިއިރަށް ކުރު ވަގުތެއް ދީފި އެވެ.
ވީ ކިހިނެއް؟ - ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބުގެ ވޯޓުލުން މިއަދު ފެށުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް، އެމްޓީސީސީން މި ވަޒީފާތަކަށް އިއުލާންކޮށަްފައިވަނީ ރޭ 12 ޖަހަން އުޅެނިކޮށެވެ.
ތަފްސިލު - ސަރުކާރުގެ ގެޒެޓުގައިވާ ގޮތުން، ރޭ 11:45 އާއި ދަންވަރު 12:31އާ ދެމެދު ހަ އިއުލާނެއްގެ ދަށުން 49 ވަޒީފާއަކަށް މީހުން ހޯދުމަށް އެމްޓީސީސީން އިއުލާންކޮށްފައިވެ އެވެ. އެގޮތުން:
ރޭ 12ގެ ކުރިން އާންމު ކުރި ފަސް އިއުލާނެއްގެ ދަށުން، ހޯދަން އިއުލާން ކުރި 46 ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ މިއަދު ހެނދުނު 11
ރޭ ދަންވަރު ކުރި އިއުލާންގެ ދަށުން ހޯދަން އިއުލާން ކުރި ތިން ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ މިއަދު މެންދުރު 12
މި މަގާމުތަކުގެ މުސާރައަކީ 10،000ރ. އާއި 15،000ރ.އާ ދެމެދު 
ގިނަ މަގާމުތަކުގެ ޝަރުތަކީ "އަސާސީ ތައުލީމް ހާސިލުކޮށްފައިވުން"
މީގެ ތެރެއިން ގިނަ ވަޒީފާތަކަކީ "ޕްރޮޖެޖްގެ ނިލަކަށް" ނަގާ މަގާމުތައް ކަމަށް އެ އިއުލާންތަކުގައި ބުނެފައިވެ އެވެ. ދެން ހުރި މަގާމުތަކަކީ އެއް އަހަރުދުވަހުގެ ކޮންޓްރެކްޓަށް ނަގާ މަގާމުތަކެވެ.
ފާހަގަކޮށްލެވޭ - މި 49 ވަޒީފާއަކީ ހަމައެކަނި ރޭ އިއުލާން ކުރި ވަޒީފާތަކެވެ. އެމްޓީސީސީން ވަނީ މިދިޔަ މަހުގެ 1 އިން ފެށިގެން 28ގެ ނިޔަލަށް 1،000އަށް ވުރެ ގިނަ ވަޒީފާއަށް އިއުލާންކޮށްފަ އެވެ. އަދި މި ހަފްތާ ތެރޭގައި ވެސް ގިނަ ވަޒިފާތަކަކަށް އިއުލާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ