އެކު އެކުގައި ތިންކަމަކަށް މިއަދު ނެގޭ ވޯޓްލުމަށް ވޯޓް ކަރުދާސް ތައްޔާރު ކޮށްފައިވަނީ ވަރަށް ބޮޑަށް އޮޅުން އަރާގޮތަށެވެ. ލިޔެކިޔުމުގެ ކޮށިކަން ހުންނާ މީހުނަށް ވާނުވާ އެނގޭ ވަރަށްވުރެ ކަރުދާހުގެ އޮޅުން ބޮޅުން ބޮޑެވެ.
ފުރަތަމަ ކަމަކީ ތިން ކަރުދާހުގެ ކުލަތަފާތު ނުވުމެވެ. ތިން ބާވަތުގެ ވޯޓްކަރުދާސް ހުރީ ހުދުކޮށްނެވެ. އެގޮތަށް ވޯޓްކަރުދާސް ހުރުމުން ވޯޓްކަރުދާސް ދޫކުރަން ތިބޭ އިލެކްޝަން އޮފިޝަލުންނަށް އޮޅިގެން އެއްބާވަތުގެ ދެކަރުދާސްކޮޅު އެކަކަށް އެބަ ދޫކުރެވެއެވެ.
ހިތާދޫ ދާއިރާ މާލެ ފޮށިހުރި ވޯޓުލާ ސަރަހައްދުގައި އެފަދަ ހާދިސާއެއްވަނީ ހިނގާފައެވެ. ވޯޓްކަރުދާސް ދޫކުރާ މޭޒުން ވޯޓްލާން ދިޔަ މީހަކަށް ދޫކުރި 3 ކަރުދާހުން ދެ ކަރުދާހަކީ އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓް ކަރުދާހެވެ. އެކަން ވޯޓު ދޭމިޙަށް ފާހަގަވީ ކަރުދާސްތަކުގައި ފާހަގަ ޖެހިފަހުންނެވެ. އެންމެ ފަހުން ވޯޓުލުން މެދު ކަނޑާލަން އެތަނުގައި ޖެހުނެވެ.
ދެވަނަ ކަމަކީ ވޯޓްކަރުދާހުގައި ކެންޑިޑޭޓުންގެ ނަންތައް ލިޔެފައިވާ ފޮންޓު ސައިޒުގެ ގޮތުން ދުރުމި އަޅައިގެން ބޮޑުކުރާ ބިއްލޫރި ބޭނުންނުކޮށް ކިޔޭވަރެއް ނޫނެވެ. ދިގު ލިސްޓުން އާދައިގައި ލޮލުބާރު ދެރަމީހަކަށް ވާނުވާއެއް އެގޭވަރެއް ނޫނެވެ. ތިން ކަރުދާސް ހިފައިގެން ވޯޓިން ޕޯލަށް ވަންނަ މީހާއަށް ހެދޭ ނެހެދޭ ނޭނގި މޮޔަވާވަރުވެއެވެ.
ވޯޓު ކަރުދާހުގައި ވެސް އޮލުވާލުމާ ހީލަތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ