ބޯޓުތެރެއަށް ފަސް މީހުން ހޭނެތުނީ ދުމުގެ އަސަރުކޮށްގެން: ފުލުހުން
މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްތެރޭ ޚަބަރު ހުސްވެފައި ފަސް ފިރިހެނަކު އޮތް އިރު، އެ މީހުން ހޭނެތިފައިވަނީ ދުމުގެ އަސަރުކޮށްގެން ކަމަށް، ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ކުރިން ބުނީ، މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ޚަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓު ލިބުނީ މިއަދުގެ ހެނދުނު 06:35 ހާއިރު ކަމަށެވެ. ޚަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ފަސް ފިރިހެނުންނެވެ. ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ. އެ އެންމެންނަށްވެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ. https://sun.mv/220114 އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ، މި ހާދިސާގައި ހާލު ދެރަވި މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ހާދިސާ ހިނގަން މެދުވެރިވިކަމަށް ބެލެވެނީ ބަންދުކޮށްފައިވާ ތަނެއްގައި ޖަނެރޭޓަރެއް ހިންގާފައި ހުއްޓައި، އޭގެން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދައިފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުން ކަމަށް، ފުލުހުން ބުންޏެވެ. ފުލުހުން ވަނީ، މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖަނަރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ