ވޯޓުލުމުގެ ވަގުތު 5 ޖެހުމާ ހަމައަށް އިތުރުކޮށްފި

ވޯޓުލުމުގެ ވަގުތު 5 ޖެހުމާ ހަމައަށް އިތުރުކޮށްފި އެވެ.އީސީން ބުނީ ވަގުތު އިތުރުކުރީ ހޫނުގަދަވެ ވޯޓުލާން އުނދަގޫތަކެއް ކުރިމަތިވުމުން ގިނަ ބަޔަކަށް ފުރުސަތުދިނުމަށް ކަމަށް. މުޅި ރާއްޖެއަށް ވެސް މިއަދަކީ ހޫނުގަދަ ދުވަހެއް ކަމަށް މޫސުމާ ބެހޭ އިދާރާ އިން އޮތީ އިއުލާންކޮށްފައި އެވެ.ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 1592 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނެވެ. މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު 294،937 މީހުންނަށް ލިބިފައިވެ އެވެ. އޭގެތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 144،527 މީހުންނަކީ އަންހެނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ