މިއަދު ކުރިއަށްދާ 3 ވޯޓުގައި 11 ޖެހުމާ ހަމައަށް 58 ހާހަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލާން ފެށީ ހެނދުނު 8 ޖެހިއިރެވެ. މަދު މަރުކަޒުތަކެއްގައި ހުރި ވޯޓު ފޮށިތައް ފިޔަވާ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ގިނަ ވޯޓު ފޮށިތަކުގައި ހެނދުނު 8 ޖެހިއިރުވަނީ ވޯޓުލުން ފެށިފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 11 ޖެހުމާ ހަމައަށް 58819 މީހަކުވަނީ ވޯޓު ލާފައެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން %19.95 މީހުންނެވެ. މީގެ ތެރޭގައި 25761 އަންހެނުން އަދި 33058 ފިރިހެނުން ހިމެނެއެވެ.
މިއަދުގެ އިންތިޚާބުތަކުގައި ވޯޓު ލުމުގެ ޙައްގު ލިބިގެންވާ 294،876 މީހަކަށްވަނީ ލިބިފައެވެ. އާންމުނަށް ވޯޓުލެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 588 ވޯޓު ފޮށިވަނީ ބަހައްޓާފައެވެ. ވޯޓު ލުން ކުރިއަށްދާނީ މިއަދު ހަވީރު 4 ޖެހުމާ ހަމައަށެވެ.
11 ޖެހުމާ ހަމައަށް ބައިލައްކަ މީހުން ވޯޓު ލައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ