ޑެންގީ ޖެހިގެން އަންހެން ކުއްޖަކު ނިޔާވެއްޖެ
ޑެންގީ ހުން ޖެހިގެން އަންހެނަކު ނިޔާވެއްޖެ އެވެ.އެނގިފައިވާ ގޮތުގައި މި ބައްޔަށް ފަރުވާ ހޯދަނިކޮށް މަރުވީ މ. މުއްޔަށް ނިސްބަތްވާ 17 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ މަރުވީ ޑެންގީ ޖެހިގެން ފަރުވާ ހޯދަނިކޮށްކަން އެ ރަށު ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.ކަށުނަމާދުގެ މައުލޫމާތު އާންމުކުރާ ކަށުނަމާދު ޕޭޖްގައި ވާގޮތުން އެ ކުއްޖާ މަރުވީ ރޭގެ ވަގުތެއްގައެވެ. އަދި، މިއަދު އެ ކުއްޖާއަށް ކަށުނަމާދު ކުރަން ވަނީ ހަމަޖެހިފައެވެ.މި މަހުގެ 13 ވަނަ ދުވަހު ވެސް ށ. މިލަންދޫގައި އުމުރުން 22 އަހަރުގެ ޒުވާނަކު ވަނީ ޑެންގީ ޖެހިގެން ނިޔާވެފައި އެވެ.އޭނާ ނިޔާވީ ޑެންގީގައި ހާލު ސީރިއަސްވެ، މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ