އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ވަގުތީގޮތުން ބަންދުކޮށްފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު މަރާމާތަށް ބަންދުކޮށްފައިވާ ކަމަށެވެ.
އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ، މި މުއްދަތުގައި އެ ސެންޓަރުން ދެމުންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އައިޖީއެމްއެޗުގެ ޖީއޯޕީޑީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އަދި ދަމަނަވެށިން ވެކްސިން ޖެހުމުގެ ޚިދުމަތް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ވަގުތީގޮތުން ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ