އަލިފާނުގެ ހާދިސާގައި 5 ބިދޭސީން މަރުވި މައްސަލަ އެޗްއާރުސީއެމްއިން ބަލަން ފަށައިފި
އދ. ދިގުރަށުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފަސް މީހަކު މަރުވުމާ ގުޅިގެން, ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެ ހާދިސާ ތަހުގީގު ކުރަން ފަށައިފިއެވެ. އެ ކޮމިޝަނުން މިއަދު އާންމުކުރި ޕޯސްޓެއްގައި ވަނީ، މި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައިފައެވެ. އަދި މި ހާދިސާގައި އަނިޔާވި މީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް ވެސް އެޗްއާރްސީއެމް އިން ވަނީ ހާމަކޮށްފައެވެ. https://www.sun.mv/219108 މީގެ އިތުރުން، މި ހާދިސާއާ ގުޅިގެން އިންސާނީ ހައްގުތަކާ ގުޅުންހުރި އެއްވެސް ކަންބޮޑުވުމެއް އޮތްތޯ ކަށަވަރުކުރުމަށްޓަކައި ފުރިހަމަ އެސެސްމަންޓެއް ހަދަމުންދާކަމަށް އެ ކޮމިޝަނުން ބުންޏެވެ. ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކޮމިޝަނުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމަކަށްވާއިރު، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަކީ މުހިންމު ކަމެއްކަމުގައި އެ ފަރާތުން ދެކެއެވެ. https://x.com/hrcmv/status/2032340484082057324 ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ދަންވަރު 2:00 ހާއިރު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މަސައްކަތްތެރިންނެވެ. މި ހާދިސާގައި އިތުރު ތިން މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން ދެ މީހަކު މާލެ ގެނެސް ދަނީ ފަރުވާދެމުންނެވެ. ދިގުރަށު ކައުންސިލުން ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ކައްކަން އުޅުމުގެ ތެރޭގައި ގޭސް ލީކުވެގެން ކަމަށް ބެލެވެއެވެ. ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ޔަގީންކުރެވޭނީ ފުލުހުންގެ ތަހުގީގަށްފަހުގައެވެ. މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް މިހާރު ދަނީ ދިގުރަށުގައި ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ