"އީީދު ހަވީރު"ގައި އެމްއޭސީއެލުން ގިނަ ހަރަކާތްތަކެއް

"އީދު ހަވީރު 1447" ގައި އެމްއޭސީއެލުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމައިފި އެވެ.
އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނީ، މުޖުތަމައުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ނިޔަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ވިލަރެސްކޮށް ކުރިއަށް ގެންދާ "އީދު ހަވީރު 1447"ގައި އެ ކުންފުނިން ބައިވެރިވެ، ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
އެމްއޭސީއެލުން ބުނީ، މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ހަރަކާތްތަކުގައި އެ ކުންފުނީގެ ސްޓޯލް ގާއިމްކުރެވިފައި ހުންނާނީ ސެންޓްރަލް ޕާކުގެ އިރުމަތީ ފަރާތު އެންޓްރެންސްގައި ކަމަށެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން 6.00 އަށެވެ.
މިއީ މިފަދަ ހާއްސަ މުނާސަބަތުތަކުގައި ރައްޔިތުންނަށް އުފާވެރި އަދި އާއިލާތަކަށް މާނަހުރި ވަގުތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި އެމްއޭސީއެލުން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
މިއީ ކުޑަކުދިންނާއި އާއިލާތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޒޫޓޯޕިއާ" ތީމްގެ ކުޅިވަރު ސަރަހައްދެއް ކަމަށާއި މި ސަރަހައްދުގައި ޒޫޓޯޕިއާގެ ކެރެކްޓާ މެސްކޮޓްތައް ސްޓޯލް ކުރިއަށްދާ ވަގުތު ހަރަކާތްތެރިވަމުން ދާނެ ކަމަށްވެސް ބުންޏެވެ. މި ސްޓޯލްގެ އެންމެ ހާއްސަ އެއް ކަމަކީ ސްޓޯލްގެ މެދުގައި ތައްޔާރުކޮށްފައިވާ "ޓްރީހައުސް" (ގަސްމަތީ ގެ) އެވެ.
މީގެ އިތުރުން، "އެކްސް ތްރޯއިން" (ކޮޅުފިލި އުކުން)، "ރެކިން ބޯލް"، އަދި "ޝޫޓް ޔޯ ޝޮޓް" ފަދަ ހުރިހާ އުމުރުފުރައަކާ ގުޅޭ ތަފާތު ކުޅިވަރުތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ