ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި 5 ބިދޭސީން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލަ މިމަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މީހާ ލޮކޭޓްކުރެވިފައި ވަނީ ވިލިމާލެއިން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެ މީހާ ސަލާމަތްކުރުމަށްފަހު، ހޮސްޕިޓަލަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 5 މީހުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ:
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް މީހުންވެސް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ސިނަމާލެ ބްރިޖު ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލައެއް ބަލަނީ އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުން ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ ރާއްޖެއިން ބޭރުގައި ހުރެގެން ޓިކްޓޮކްގައި ދީނަށް ހަޖޫޖަހާ ބޫގާ ފުލުހަށް ހާޒިރުވާން އަންގައިފި މާލޭގެ ގެއަކުން މ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ