އިސްރާއީލުން އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާދީފި

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ބުނީ އީރާނުން ގަސްތުގައި އިސްރާއީލުގެ އާންމުންނަށް އަމާޒުކޮށް މިސައިލްތައް ފޮނުވާކަމަށް ތުހުމަތުކޮށް، ހަމަލާތައް އިތުރަށް ވަރުގަދަކޮށް ފުޅާކުރާނެ ކަމަށެވެ. މީގެ ރައްދުގައި އީރާނުގެ އައި.އާރް.ޖީ.ސީގެ އެއަރޯސްޕޭސް ކޮމާންޑަރ ސައްޔިދު މަޖީދު މޫސަވީ އިންޒާރު ދެއްވި ގޮތުގައި ހަނގުރާމަ އައު މަރުޙަލާއަކަށް ވަދެފައިވާކަމަށާއި، ދެން ކަންތައްތައް ކުރިއަށްދާނީ ހަމައެކަނި "ލޮލަކަށް ލޮލެއް" މި އުޞޫލުން ނޫން ކަމަށެވެ. އަދި އެމެރިކާއާއި އިސްރާއީލާ ގުޅުންހުރި ކުންފުނިތަކުގައި މަސައްކަތްކުރާ މީހުން ވަޒީފާއިން ވަކިވެ ރައްކާތެރިވުމަށް އޭނާ ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ