އިރާން ޔުނިވާސިޓީއަށް ވަރުގަދަ ހަމަލާތަކެއް ދީފި އިރާން ޔުނިވާސިޓީއަށް ވަރުގަދަ ހަމަލާތަކެއް ދީފި

އިރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އިރާން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އަށް އެމެރިކާ އާއި އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
އިރާނުގެ މެހެރު ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޔުނިވާސިޓީއަށް ހަމަލާ ދިނީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.
މި ހަމަލާގައި ޔުނިވާސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބެލެވުނު ނަމަވެސް، ލިބުނު ގެއްލުމުގެ ތަފުސީލާއި މީހަކަށް އަނިޔާއެއް ވިކަމުގެ މައުލޫމާތު އިރާން ސަރުކާރުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
މިއީ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށިފަހުން އިރާނުގެ މުހިންމު ޔުނިވާސިޓީތަކަށް އަމާޒުކޮށް ދިން ދެވަނަ ހަމަލާއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިސްފަހާން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއަށް ހަމަލާދީފައިވެ އެވެ.
ޔުނިވާސިޓީ ފަދަ ތައުލީމީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމަކަށް ވިޔަސް، އިރާނުގެ ދެ ސްކޫލަކަށް ބޮން އަޅައި ގިނަ އަދަދެއްގެ ދަރިވަރުން މަރާލާފައިވެ އެވެ.
ހަނގުރާމައިގައި މިހާތަނަށް އިރާނުން 1500 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާތަކާ ގުޅިގެން އިރާނުން ވެސް ދަނީ ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން އިޒްރޭލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ދަނީ ރައްދު ހަމަލާ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ