މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ދެގަޑިއިރަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ދެގަޑިއިރަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށްޓަކައި މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު މެދުކެނޑިދާނެ ކަމަށެވެ.
މިގޮތުން ކަރަންޓު މެދުކެނޑިދާނެ ސަރަހައްދުތަކުގެ ތެރޭގައި ދިލްބަހާރު މަގު، ބާމިޔާ ގޯޅި، ޗާންދަނީ މަގު އަދި އިސްކަންދަރު މަގު ހިމެނެއެވެ.
Advertisement
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މި ސަރަހައްދުތަކުން ކަރަންޓު މެދުކެނޑިދާނީ މިއަދު ހެނދުނު 9:30 އިން 11:30 އަށެވެ.
އަދި މި މަސައްކަތާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައިވެއެވެ.
ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީ މާލޭގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި މަސައްކަތުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މާލޭގެ ރައްޔިތުންނަށް އިތުރަށް ރަނގަޅު ޚިދުމަތެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ