ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހިޔާ ފްލެޓްތަކުގެ ތެރެއިން ޓަވަރެއްގައި އެޕާޓްމަންޓެއްގައި މިއަދު މެންދުރުފަހު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ރޯވާން މެދުވެރިވީ އެޕާޓްމަންޓުގެ ބަދިގެ ތެރޭގަ އެވެ. ހިޔާ ޓަވަރު އަށެއްގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާންގަނޑު ވަނީ ސިފައިން ފުލުހުން ގުޅިގެން ނިއްވާލާފަ އެވެ.
MU STORE
Villa College
MU STORE
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
އަލިފާނުގެ ސަބަބުން އެ އެޕާޓްމަންޓުގެ ބަދިގެއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ބަދިގޭގައި ހުރި ބައެއް ސާމާނުތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ. 
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ