ނަފްސަށް ވުރެ އަބަދުވެސް ގައުމު އިސްކުރެއްވުމަށް ދިވެހި ސިފައިންނަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިލްތިމާސް ކުރައްވައިފި އެވެ.
ޣައްސާން މިހެން ވިދާޅުވީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، "ދަރުމަވަންތަ" ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޣައްސާން ވަނީ ސިފައިންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.
ވިދާޅުވީ ސިފައިންނަކީ މަދު ވަސީލަތްތަކާއެކު މިހާތަނަށް ވަރަށް ހިތްވަރާއެކު މަސައްކަތްކޮށް ގައުމު ދިފާއުކޮށް ދިން ބައެއް ކަމަށެވެ. އަދި ވަނީ ނަފްސަށް ވުރެ އަބަދުވެސް ގައުމު އިސްކުރެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
"ނަފްސަށް ވުރެ އަބަދުވެސް ޤައުމު އިސްކުރެއްވުމަށް ސިފައިންނަށް އިލްތިމާސް ކުރަން. ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަބަދުވެސް ދިވެހި ސިފައިން ހިމާޔަތް ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަކުރާރު ކުރަން," ޣައްސާން ވިދާޅުވި އެވެ.
ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، "ދަރުމަވަންތަ" ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ ހަވާލުކުރުމުގެ ރަސްމިއްޔާތު
ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު، "ދަރުމަވަންތަ" ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ މިރޭ ވަނީ ރަސްމީކޮށް ހަވާލުކޮށްފަ އެެވެ. މިކަމަށްޓަކައި ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުހައްމަދު މުޢިއްޒު އެވެ.
މި މަނަވަރު ގައުމީ ދިފާއީ ބާރާ ހަވާލުކޮށްދެއްވީ، ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑާ އެޑްމިރަލް ކާދިރް ޔިލްޑްޒް އެވެ. ގައުމީ ދިފާއީ ބާރުގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، "ދަރުމަވަންތަ" ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ ހަވާލުކުރުމުގެ ރަސްމިއްޔާތު
މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރުގެ ނަން ކަޝްފުކޮށްދެއްވައި، މަނަވަރުގެ ހިދުމަތް ފެށުމުގެ ލިޔުމާއި ރާއްޖޭގެ ގައުމީ ދިދަ ހަވާލުކޮށްދެއްވާފަ އެވެ. މި ރަސްމިއްޔާތުގައި މަނަވަރާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާފައިވެ އެވެ. ރައީސް ވަނީ މަނަވަރު ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.
ނަފްސަށް ވުރެ އަބަދުވެސް ގައުމު އިސްކުރުމަށް ސިފައިންނަށް އިލްތިމާސް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ