3000 އަށް ވުރެ ގިނަ ބައިވެރިންނާއެކު އުރީދޫ ފަން ރަން އައްޑޫގައި ނިންމާލައިފި

އުރީދޫ މޯލްޑިވްސްއިން އައްޑޫސިޓީގައި ކުރިއަށްގެންދާ އުރީދޫ ފަން ރަން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ރާއްޖޭގެ އެންމެ އުފާވެރި 5 ކޭގެ ގޮތުގައި ބާއްވާ މި ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ.
މި ދުވުން ކުރިއަށް ދިޔައީ މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫއިން ފެށިގެންނެވެ. ފެށުނީއްސުރެ ނިމެންދެން ކޮންމެ ކިލޯމީޓަރެއްގައި ބަހައްޓާފައި ހުރި ތަފާތު ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކުން ބައިވެރިންނަށް މި ރަން އިތުރަށް ފަޅުފިލައިގެން ދިޔައެވެ.
ފަން ރަން ނިންމާ ކޮންމެ ދުވުންތެރިޔަށް ވެސް އައްޑޫ ސިޓީގައި ބޭއްވުނު މި ފަންރަން އަށް ހާޢްސަކޮށް ތައްޔާރުކުރެވިފައިވާ މެޑަލް އެއް ލިބިގެންދިޔައެވެ. ފަޚުރުވެރިކަމާ އެކު އައްޑޫ ސިޓީއަށް ހާއްސަ ދޫންޏެއް ކަމަށްވާ "ދޮން ދީނީ" ވަނީ މި މެޑަލްގައި ހިމެނިފައެވެ.
އުރީދޫ މޯލްޑިވްސްއިން އައްޑޫ ސިޓީގެ މޭޔަރަށާއި، އުރީދޫގެ ހުރިހާ ޕާޓްނަރުންނާއި، އިޚްލާޞްތެރި މުވައްޒަފުންނަށާއި، މި ހަރަކާތް ހަގީތަކަށް ހެދުމަށް ޓަކައި އެއްބާރުލުން ދެއްވި ވޮލަންޓިއަރުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ. ތިޔަބޭފުޅުންގެ ހިތްވަރާއި އެއްބާރުލެއްވުމުގެ ސަބަބުން، މިކަމުގައި ޝާމިލުވާ އެންމެންނަށް ޙަޤީޤަތުގައިވެސް އުފާވެރި ތަޖުރިބާއެއް އުފެއްދުމަށް ވަނީ މަގުފަހިވެފައެވެ.
.
އުރީދޫ ފަން ރަން އަކީ އެއްބައިވަންތަކަމުގެ ތެރޭގައި ދުޅަހެޔޮ ކަމަށް ބަރުދީ، އެންމެން އެއްކޮށް އުފާވެރި މާހައުލެއްގައި ދުވެލުމަށް މަގުފަހިކޮށްދޭ ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ